ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެންގީ އިތުރު ވާތީ އެޗްޕީއޭ އިން ސަމާލުވުމަށް އެދެފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިދުވަސްވަރު ޑެންގީ ޖެހޭ މީހުންގެ އަދަދު އާދަޔާހިލާފަށް އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާއްމުކޮށް ކޮންމެ އަރަހަރުވެސް ވިއްސާރަ މޫސުމާއި ގުޅިގެން ޑެންގޫ ހުން އިތުރުވާ ކަމަށެވެ.

މިއީ ރާއްޖެއަށް ގިނައިން ވިއްސާރަކުރި އަހަރަކަށްވެފައި އަދި މިހާރުވެސް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މަދިރި އާލާވެ، އިތުރުވުން ކުރިއަށް އޮތްތަނުގައި ގިނަވާނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭ އިންވަނީ ބުނެފައެވެ.

ޑެންގީ އަކީ ސާފު ފެނުގައި އުފެދޭ އީޑީސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔަކަށްވުމުން. އެ ބަލިން ރައްކާތެރިވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ހަމައެއާއެކު މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމަށާއި މަދިރި ހެފުން މަދުކުރުމަށްޓަކައި ފަރުދީ ގޮތުން ކުރެވޭނެ ކަންކަން ކުރުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.

އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން މާލެ އާއި ރަށްރަށުން ވެސް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރި އަދަދު ވަނީ ކަންބޮޑުވާންޖެހޭ ވަރަށް އިތުރުވެފައެވެ. އަދި މިދިޔަ މަހާ އަޅާބަލާއިރު މި މަހުގެ މިހާތަނަށް ރިޕޯޓްކުރި އަދަދުވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕަލަންޓް ބޭނުންކޮށް، ފަތިހާއި ހަވީރު އަދި އިރުއޮއްސޭ ވަގުތު ތަކުގައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ދަޅުފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން މުހިއްމު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ޑެންގީ ޖެހިއްޖެ ނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި ޕެރެސެޓްމޯލް ބޭނުންކުރުމަކީ ގޭގައި ދެވިދާނެ ފަރުވާތަކެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަނަމަ ނުވަތަ ދިޔާ އެއްޗިހި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާބޮޑަށް ވަރުދެރަވާނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ޑެންގީ ހުން ޖެހިގެން ދާދިފަހުން ކުޑަ ކުއްޖަކު މަރުވެފައިވާއިރު އެ ބަލީގައި 19 އަހަރުގެ ޒުވާނަކު ވެސް ވަނީ މަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: