ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫން މަހު ޑެންގީގެ 294 ކޭސް ރިޕޯޓް ކޮށްފައިވޭ: އެޗްޕީއޭ

ރާއްޖެ ކޮރޯނާ އަށް ތައްޔާރު - އެޗްޕީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މެއި މަހާ އަޅާބަލާއިރު ޖޫން މަހު ޑެންގީ ޖެހުނު އަދަދު ގިނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާއްމުކުރި ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތަށް ބަލާއިރު މެއި މަހު 185 މީހަކަށް އަދި ޖޫންމަހު 294 މީހަކަށް ޑެންގީ ހުން ޖެހިފައިވެއެވެ.

އޭގެ އިތުރުން ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުން އިތުރުކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ޑެންގީ ހުންޖެހޭ މިންވަރު އިތުރުވެފައިވާއިރު އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުމާއި ހޮޑުލުމަށް ބަލާއިރު މެއި މަހާ އަޅާބަލާއިރު ޖޫންމަހު ރިޕޯޓް ކޮށްފައިވާ އަދަދު ވަނީ މައްޗަށް ގޮސްފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މެއި މަހު އަރިދަފުސް ރޯގާ ޖެހިގެން 13361 މީހުން ދެއްކި އިރު، ޖޫންމަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން ދައްކާފައިވަނީ 21802 މީހުންނެވެ.

މީގެ އިތުރުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތަކަށް ބަލާއިރު މިދިޔަ މެއި މަހު 1824 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ރިޕޯޓް ކޮށްފައިވަނީ 2376 ކޭސް އެވެ.

އެޗްޕީއޭ އިން މީގެ ކުރިން ވަނީ މިދުވަސްވަރު މާލެއާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވެމުންދާ އަދަދު އިތުރުވާ ކަމަށް ފާހަގަކުރެވޭ ކަމަށް ބުނެފައިވެއެވެ. އަދި ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލި ޖެހިއްޖެ ނަމަ ރައްކާތެރިވުމުގެ ގޮތުން އިތުރު ސަމާލުކަން ދިނުން މުހިއްމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަދި ސިއްހީ ގޮތުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުން ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: