ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ރައީސުލްޖުމުހޫރިއްޔާ އަކީ ފަޒްނާތަ؟: ޓޮމް

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމުގައި ހުންނެވީ ކާކުކަން ސާފު ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އެމަނިކުފާނުގެ ނައިބުކަން ކުރައްވާ ފައިސަލް ނަސީމް އާއި ރައީސް ކަން ހަވާލު ކުރެއްވުމަށްފަހު، އަނބުރާ ވެރިކަމަށް ވަޑައިގަތުމުގައި ހުވާ ކުރައްވާފައިނުވާކަމަށް އިދިކޮޅުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ރައީސް އޮފީހުގެ ވެބްސައިޓާއި، ސޯޝަލް މީޑިއާގައި ފަޒްނާގެ ދަތުރުތަކާއި ގުޅޭ ފޮޓޯތައް ހުރުމުން ތާރިގު ވިދާޅުވީ، މިހާރު ރައީސްގެ މާގާމުގައި ހުންނެވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ކަމަށް ސިފަވެފައިވާކަމަށެވެ.

ތާރިގު ވިދާޅުވީ، ރައީސް އޮފީހުގެ ޓްވިޓަރ އެކައުންޓު ފުރިފައި ވަނީ ފަސްޓް ލޭޑީ ފަޒްނާގެ ހަބަރުތަކާއި ފޮޓޯތަކުން ކަމަށެވެ. އެހެން ނަމަވެސް ގާނޫނު އަސާސީ އަދި ގާނޫނުގައިވެސް ފަސްޓް ލޭޑީއަށް ދައުލަތުގެ އެއްވެސް މަގާމެއް ހަވާލު ކުރެވިފައި ނުވާނެކަމަށް އިޝާރާތްކުރައްވާ އެނާ ވަނީ ރައީސުލްޖުމުހޫރިއްޔާގެ މަގާމުގައި ހުރީ ކާކުކަން ”އަނެއްކާވެސް“ އޮޅިފައިވާ ކަމަށް ވިދާޅުވެފައެވެ.

ސިއްހީ ހާލަތު ހުރި ގޮތުން ރައީސއ ސޯލިހު ތައިރޮއިޑްގެ ސާޖަރީއެއް ކުރަން ޖެހުމާއި ގުޅިގެން ނައިބު ރައީސް ފައިސަލް ވަގުތީ ގޮތުން ގައުމާއި ހަވާލުވެ ވެރިކަމުގެ ހުވާ ކުރެއްވި އެވެ. އެހެންނަމަވެސް ރައީސް ސާލިހު ވަނީ އެމަނިކުފާނުގެ ސާޖަރީ ނިމުމާއި އެކު ރައީސްގެ މަގާމު އަދި މަސްއޫލިއްޔަތުތަކާއި އަލުން ހަވާލުވެވަޑައިގެންފަ އެވެ. ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުން ފައިސަލް އާއި ރައީސް ކަން ހަވާލު ކުރުމަށް ފަހު، ރައީސް ސާލިހަށް މަގާމާއި ހަވާލު ވެވޭނީ އަލުން ހުވާ ކުރެއްވުމަށްފަހުއެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: