ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ހއ. އަތޮޅު ދަތުރު: މިރޭގެ ޖަލްސާ ކެލާގައި!

ރައީސް ޔާމީން ހއ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުރާކުނު އަދި ކެލާއަށް ވަޑައިގަންނަވާނެކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

މި ދަތުރުފުޅުގައި ހއ އަތޮޅުން ފަސް ރަށަކަށް ރައީސް ޔާމީން ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، އިއްޔެ އެމަނިކުފާނު ހުންނެވީ އިހަވަންދޫގައެވެ. އިހަވަންދޫއިން ރައީސް ޔާމީން އަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު. ރޭ އެރަށުގައި ވަނީ ބޮޑު ޖަލްސާއެއްވެސް ބާއްވާފައެވެ. މި ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރުން އެ ރަށަށް އިހުމާލުވެފަިއވާކަމަށް ފާހަގަކުރައްވާ، ސަރުކާރުގެ ސިޔާސަތުތައް އަދި އެމްޑީޕީގެ އިސްވެރިންނަށް ގިނަ ތުހުމަތުތަކެއްވެސް ކުރައްވާފައެވެ.

ހދ. ހަނިމާދޫ މަގުން ހއ. އަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހަނިމާދޫގައި ތިއްބެވި އިދިކޮޅުގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ފަރާތްތަކާއިވެސް ބައްދަލު ކުރައްވައިފައެވެ.

ޕީޕީއެމުން ބުނީ މިއަދު ރައީސް ޔާމީން ތުރާކުނު އަދި ކެލާއަށް ވަޑައިގަންނަވާނެކަމަށާއި، ކެލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ އޮންނާނެކަމަށެވެ.

ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޔާމީންގެ މި ދަތުރުފުޅުގައި އެންމެ މުހިއްމު އެއް ކަމަކަށް އޮތީ 2023 އަށް އެ ޕާޓީގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ. އޭގެ ތެރޭގައި މަސްވެރިންނާއި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ކަހަލަ އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުން އޮންނާނެ އެވެ. އަދި ރައްޔިތުންގެ ހާލަތު ދެނެގަތުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާނެކަމަށް ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: