ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ލިސްޓަކަށް ފްލެޓާއި ގޯއްޗެއް ނުދޭނަން: ސަރުކާރު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި މީހަކު ފޮނުވާ ލިސްޓަކަށް ނޫނީ، ވަކި ތަނަކުން ފޮނުވާ ލިސްޓަކަށް ފްލެޓް އާއި ގޯތި ނުދޭނަންކަމަށް ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓްތަކާއި ގޯއްޗަސް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވާކަމަށް ފާހަގަކޮށް، އާންމުންނަށް ފްލެޓްތަކައް ވަދެވޭނީ ކޮންއިރަކުތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ، މިހާރު ކުރިއަށްދަނީ އިވެލުއޭޝަން މަސައްކަތްކަމަށާއި، އެކަމުގެ ތަފްސީލު ޕްލޭނިން މިނިސްޓްރީން ހާމަކުރައްވަމުން ގެންދަވާނެކަމަށެވެ. އަދި ޓައިމްލައިނާއި އެއްގޮތަށް މަސައްކަތްނިމި ފްލެޓްތަކަށް ރައްޔިތުންނަށް ވަދެވޭނެކަމަށް މިއުވާން ވިދާޅުވިއެވެ.

މި ސަރުކާރުން ފްލެޓްތައް ދީ ނިމުމަށްފަހު އެކަމާއި ގުޅިގެން އިތުރު ސުވާލެއްކުރުމުގެ ފުރުސަތު ނޯންނާނެކަމަށް ވިދާޅުވެ، މިއުވާން ފާހަގަކުރެއްވީ މި ސަރުކާރުން ފްލެޓްތައް ދޫނުކުރާނީ އެއްވެސް ބައެއްގެ ނުފޫޒާއި ނުލާކަމަށެވެ. ވަކި މީހަކު ނުވަތަ ވަކި ތަނަކުން ފޮނުވާ ލިސްޓަކަށް ފްލެޓް ނުދޭނަންކަމަށް މިއުވާން ވިދާޅުވިއެވެ.

ދެން އަޅުގަނޑުމެންގެ ފްލެޓްތަކަށް ރައްޔިތުން ވަންނައިރު ނުވަތަ އެ ގޯތިތައް ރައްޔިތުންނަށް ލިބިގެންދާއިރު އިތުރަށް ދެން އެކަމާއި ގުޅިގެން ސުވާލުކުރާނެ ފުރުސަތެއް ނޯންނާނެ. ވަކި މީހަކު ފޮނުވި ލިސްޓަކަށް، ވަކި ތަނަކުން ފޮނުވާ ލިސްޓަކަށް މިފަހަރަކު ހަމަ ގައިމު ފްލެޓްތަކެއް ނުވަތަ ގޯއްޗެއް ނުދޭނެ.

މިއުވާން ވިދާޅުވީ މި ސަރުކާރުން ފްލެޓްތައް ދިނުމަށްފަހު އިތުރަށް ރަނގަޅުކުރާނެ ނުވަތަ ފުރިހަމަކުރަންޖެހޭނެކަމެއް ނޯންނާނެކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ ޖޫން 26 ވަނަ ދުވަހުއެވެ. ފޯމް ހުށައެޅުމަށް އިތުރު ވަގުތުވެސް ދީފައިވާއިރު، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ކިޔޫގައި ނުޖެހި ބޯހިޔާވަހިކަމަށް އެދޭނެ ނިޒާމެއް ގާއިމް ކޮށްދިނުމަށް ވެފައިވާ ވައުދުގެ ދަށުން ފަރުމާކުރެވުނު “ގެދޮރުވެރިން ޕޯޓަލް” އަށް، ތަކުލީފަކާއި ނުލައި ފޯމުހުށަހެޅުމަށް ހުޅާވާލި ފުރުސަތުގައި ސުންގަޑި ހަމަވިއިރު 35861 އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ކުރިމަތި ލެވޭ ޝަރުތަކުގެ ތެރޭގައި މާލެ މީހަކަށްވުން ހިމެނިފައި ވާތީ، ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން މިކަމަށް އަމާޒުވެ، ދިގު ބަހުސްތަކެއް ކުރެވުނެވެ. އެގޮތުން އަތޮޅުތެރޭގެ ރައްޔިތުންނާއި މާލޭގެ ރައްޔިތުންގެ މެދުގައި ފަރަގުކުރުން ގެންގުޅޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި މާލެ ސަރަހައްދުގެ ބިމުގެ އަގު ބޮޑޫއިރު، ހިލޭ ގޯތި ދިނުމުގެ ސަބަބުންވެސް ނުރުހުންވުން ފާޅުކުރިއެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން ބޯހިޔާވަހިކަމަށް ހާއްސަކޯށް ކުރިއަށް ގެންދިޔަ އެކި މަޝްރޫއުތަކުގެ ތެރެއިން ގޯއްޗާއި ފްލެޓް ދީފައިވަނީ އިންސާފުވެރިކަމާއިއެކު ނޫންކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކިހާވަރެއްގެ ތެދެއް ކަމެއް ނޭގޭ . އެގެނީ ރަށުތެރެގަ ދެކެވޭވާހަކައާ ކުރާތަޖްރިބާތަކުގެ ވާހަކަ . މިސަރުކާރުގަ ވަކި މީހަކު ފޮނުވާލިސްޓަށް މިސަރުކާރުން އަޅާހަވާލު ކުރާ ފުލެޓް ތަކަށް ވަނުމަށް މީހުން ނުނަގާނަމަ ކުރީސަރުކާރުން އެޅިފުލެޓް ތަކަށް ވެސް ވަކިމީހަކު ފޮނުވާ ލިސްޓަށްފުލެޓް ހަވާލު ކޮއް ބަހާލާ ބައިއެޅޭން ޖެހޭތަ .؟ ސަރުކާރު އަންނަނީ ވާވައުދުތައް ފުއްދަން ގާތްތިމާގެ މީހުންނަށް ވަޒީފާދީ، ވަޒީފާ ގެ ކުރިއެރުންދީ ބޮޑުމުސާރަ ހޯދަން ކަމަށް ނުވާއިރު ، ބަހައިގެން ލިބެން ބޮޑު ތަނެއް އޮތް އިރު ސަރުތު ހަމަވާކަމަށް ހަދާ ފުލެޓް ހަވާލު ކުރީ ކީއްވެ ،؟ ގެބެހީމަ ގެދޮރު ލިބެން އޮތްއިރު އެކަނި ވެރި މަޔަކަށް ވެގެން އަގުބޮޑު ފުލެެޓެއް އެއް އާއްމުދަނީ އެއް ނުލިބޭއިރު ދިނީ ކީއްވެ ؟ ފަހަރިންނަށް އާއްމުދަނީ އެއް ނުލިބޭއިއިރު ދިނީކީއްވެ ؟ އެފަދަ ބައެއްގެ ނަމުގަ އަގުބޮޑު ފުލެޓެއް ގެ އެގްރިމެންޓެއް ގަ ސޮއި ކުރެވިފަ އެބަ އޮތްތޯ ބަލާދީބަލަ . ކުލި ނުދައްކައޭ ކިޔާ ވޯލްޑްބޭންކުން އެކިޔަނީ ދެން ކީކޭހޭ ؟ މިސަރުކާރުން ފުލެޓް ހަވާލު ކުރީ ހައްޤުވާމީހުން ހޯދަން އެތައް ހަރަދެއް ކޮއް އެތައް ފައިސާއެއް ހަރަދު ކޮއްފަ . ރަށުގަ ދިރިއުޅޭމީހާ ދިރިއުޅޭނީ ބަހައިގެން ލިބެން އޮތް ގޯތީގަ ، ގެދޫކޮއްފަ އަމިއްލަރަށުގަ ބިން އޮވެ މާލެއަށް ފުލެޓެއް ހަދިޔާ ކޮއްފަ ގެނައީ މާލޭގަ ގެދޮރަށް
    ބޭނުންވެފަ ތިބޭރައްޔިތަކު ، ދަފްތަރުގަ ރަޖިސްޓަރ ވެ 30 ، 40 އަހަރު ވެފަ ތިބި ބަޔަކު ނެތީމަހޭ ؟ ކާކުހޭ ފުލެޓް ހައްޤުވާމީހުން ހޯދީ . ކީއްވެގެން ހޭ ބިންބޮޑު ރަށްރަށުގަ ދިރިއުޅޭ ، އަމިއްލަ ރަށުގަ ރަޖިސްޓަރ ވެފަ ތިބި ބަޔަކަށް ފުލެޓް ދިނީ . އަދިވެސް އިންސާފޭގޮވާ ރައްޔިތުން ގެ ބޯރޮލަށް ކައިބަލަ . ފުލެޓަށް ބިމަށް ފޯމެއް ފުރާ ކުރިމަތި ލާނީ 35 ހާސް މީހުން ގެދޮރަށް އުއްމީދު ކުރާތީ . މަޖަލަށް ފޯމެއް ފުރަން ޖެހޭތަ ؟ 35 ހާސް މީހުންނަށް ދޭވަރަށް އަޅާނިމިފަ ހުރި ތަނެއް އެބަހުރިތަ ؟ އަނެއް ފަހަރު ތިއާ ހިފަަދަމާ ތި .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: