ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ކަރަނޓު އުޅަނދު ޗާޖުކުރާ ސްޓޭޝަންތަކެއް ގާއިމު ކުރުމަށް ނިންމައިފި

ބޭރު ގައުމެއްގެ ކަރަނޓު އުޅަނދު ޗާޖުކުރާ ސްޓޭޝަނެއް/ ފޮޓޯ: ފޯބްސްވީލްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ކަރަނޓު އުޅަނދުތައް ޗާޖު ކުރާ ސްޓޭޝަންތަކެއް ބިނާކުރާނެ މީހުން ހޯދުމަށް އެޗްޑީސީއިން ިއިއުލާނުކޮށްފި އެވެ.

އެޗްޑީސީން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވާގޮތުން، އެ ކުންފުނިން ބޭނުންވަނީ ހުޅުމާލެގައި ކަރަނޓު އުޅަނދު ޗާޖު ކުރާ 4 ސްޓޭޝަން ބިނާ ކުރުމަށެވެ. އެހެންކަމުން އެ ކުންފުނިންވަނީ ޝައުގުވެރި ފަރާތްތަކުން މަސައްކަތުގެ ޕްރޮޕޯޒަލް ހުށައެޅުމަށް ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ 15:30 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައެވެ.

އެޗްޑީސީގެ އިއުލާނުގައިވާގޮތުން ސްޓޭޝަންތައް ބިނާ ކުރާނީ އެ ކުންފުނިން މި މަޝްރޫޢުގެ ދަށުން ކަނޑައަޅާ ސަރަހައްދުތަކުގައެވެ. އަދި މި ސްޓޭޝަންތަކުގައި މި ވަގުތު ތިބި ގިނަ ކަރަންޓު ވެހިކަލް ނުވަތަ ގިނަ ވެހިކަލް ޗާޖުކޮށްދިނުމުގެ ގާބުލުކަން ހުންނަންވާނެކަމަށްވެސް ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން މި މަސައްކަތުގެ ޕްރޮޕޯޒަލްގައި ޕޭމަންޓު ނެގޭނެ އެޕްލިކޭޝަންއެއްވެސް ހިމެނެންވާނެކަމަށެވެ. އަދި އިންވެސްޓު ކުރާނީ ސަޕްލަޔަރާއި އެޗްޑީސީގެ ހަމަ ހަމަ ހިއްސާ އޮންނަ ގޮތަށް ކަމަށާއި ބިޒްނަސް މޮޑެލް ހުށައަޅަންވާނީ ސަޕްލަޔަރުކަމަށްވެސް އެޗްޑީސީއިންވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: