ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގަށް ލީކުވާ ފެން ހިއްކޭނެ ނިޒާމެއް ގާއިމުކޮށް، ހޮޅި މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް: ސްޓެލްކޯ

ބޮޑުތަކުރުފާނުމަގު ތާރުގެ މެދުން ފެން ލީކްވަމުން ދާތީ އެކަން ޙައްލުކުރުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން/ ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑުތަކުރުފާނު މަގުން، ސްޓެލްކޯ އާއި ދިމާލުން ފެންހޮޅިއެއް ފަޅައިގެން ގޮސް ލިބުނު ގެއްލުން ދެނެގަނެވި އެކަން ހައްލު ކުރުމުގެ މަސަައްކަތް މިހާރު ކުރަމުންދާކަމަށް އެ ކުންފުނިން ބުނެފި އެވެ.

ބޮޑުތަކުރުފާނު މަގުން، ސްޓެލްކޯ އާއި ދިމާލުން މަގުގައި ލޮނު ފެން ހުރި މައްސަލަ އާއްމުންނަށް ފާހަގަކުރެވި، އެކަމުގެ ޝަކުވާތައް ކުރަމުން ދަނިކޮށް ސްޓެލްކޯއިން މީޑިއާތަކަށް ބުނީ ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑު އަޑިން ލޮނު ފެން އަރަމުން ދަނީ އެ ކުންފުނީގެ އިންޖީނުތައް ފިނި ކުރުމަށް މޫދުން ލޮނު ނަގަން ބޭނުން ކުރަމުން ދިޔަ ހޮޅިއަކަށް ގެއްލުން ވެ ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.

މިކަން ފާހަގަކުރެވި، އާއްމުންގެ ފާޑުކިއުން ފުރަތަމަ އަމާޒުވީ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށެވެ. އެއީ މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫއެއްގެ ސަބަބުން ގެއްލުންތަކެއްވާކަމަށް ބުނެ އެވެ. ނަމަވެސް އެ ތުހުމަތުތަކަށް ރައްދު ދީ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ޓުވީޓެއްކޮށް ބުނެފައި ވަނީ ބޮޑުތަކުރުފާނު މަގު ތާރުގަނޑު އަޑިން ސްޓެލްކޯއަށް ލޮނު ފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ފަޅައިގެން ގޮސް މަގަށް ލީކުވަމުން ދާތީ އާއްމު ރައްޔިތުންގެ ވެހިކަލްތަކަށް ލިބިދާނެ ގެއްލުންތަކަށް ބަލައި ވީހާވެސް އަވަހަށް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރިކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ކުންފުންޏަށް އެންގިކަމަށެވެ.

ކައުންސިލުގެ ވާހަކަތައް ދޮގުކޮށް، ސްޓެލްކޯގެ ރައްދުގައި ބުނެފައި ވަނީ އިންޖީނުތަށް ފިނި ކުރުމަށް ބޭނުން ކުރަމުން ދިޔަ އައުޓްފޯލް ހޮޅިއަކަށް ލިބުނު ގެއްލުން ހައްލުކޮށް އެކަން ރަނގަޅު ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތަކަށް ވެސް ތައްޔާރުވެ، ހުއްދައަށް ސިޓީ ކައުންސިލްގައި އެދުމުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. އަދި ތަކުރާރުކޮށް ގުޅުމުން ވެސް އެއްވެސް ޖަވާބެއް ނުލިބުނުކަމަށް މީޑިއާތަކަށް މައުލޫމާތު ދިނެވެ.

ތާރުމަގުގެ މެދުން ފެން އަރަމުން ދިޔަ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯއިން މި ދެ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންދިޔަ އެވެ. ތަފްސީލުތައް ހިއްސާކޮށް މިއަދު ސްޓެލްކޯއިން ބުނީ ‏މިހާތަނަށް ބޮޑުތަކުރުފާނު މަގަށް ލީކުވާ ފެން ހިއްކޭނެ ނިޒާމެއް ގާއިމު ކުރެވިފައިވާ ކަމަށެވެ. އަދި ބޮޑުތަކުރުފާނު މަގުގެ ޓްރެފިކް ފްލޯ ދެމެހެއްޓުމަށް ޑީވޯޓާ ޕައިޕްތަކުގެ މަތީގައި ރޭމްޕެެއް ގާއިމުކޮށްފައިވާކަމަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: