ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯ އިން 12 ރަށެއްގެ މަގުބައްތި ބެލެހެއްޓުމާއި ހަވާލްވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކ އަތޮޅާއި ވ އަތޮޅުގެ 12 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބަލެހެއްޓުމަށް ސްޓެލްކޯ އާއި ހަވާލުކޮށްފިއެވެ.

ސްޓެލްކޯގައި އޮތް ރަސްމިއްޔާތެއްގައި 12 ރަށެއްގެ ކައުންސިލާ އެކު ސްޓެލްކޯ އިން ވަނީ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ސްޓެލްކޯ އިން މަގު ބައްތިތައް ބެލެހެއްޓުމަށް ހަވާލުވި ރަށްތަކުގެ ތެރޭގައި ހިމެނެނީ ކ ގާފަރު، ކ ދިއްފުށި، ކ ތުލުސްދޫ، ކ ހިންމަފުށި، ކ ގުޅީ، ކ މާފުށި، ކ ގުރައިދޫ، ވ ފެލިދޫ، ވ ތިނަދޫ، ވ ފެލިދޫ، ވ ކެޔޮދޫ އާއި ވ ރަކީދޫ އެވެ.

މިއަދު ސޮއި ކުރެވުނު 12 ރަށާއިއެކު ސްޓެލްކޯއިން ޖުމްލަ 29 ރަށެއްގައި މަގުބައްތިތައް ބެލެހެއްޓުމާއި ވަނީ ހަވާލްވެފައެވެެ.

މި ރަސްމިިއްޔާތުގައި ވާޙަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، މިއަދު ސޮއިކުރެވިގެން ދިޔަ ކައުންސިލްތަކުގެ ތެރޭގައި ޕީޕީއެމްގެ ފަސް ކައުންސިލަކާއި އެމްޑީޕީގެ ހަތަރު ކައުންސިލެއްގެ އިތުރުން އަމިއްލަ ތިން ކައުންސިލެއް ހިމެނޭ ކަމަށެވެ. މި ކައުންސިލްތަކުގެ ތެރޭގައި މިި ސަރުކާރާ ސިޔާސީ ފިކުރު އެއް ގޮތް ނޫން ކައުންސިލްތައް ގިނަކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ހިދުމަތް ދެމުން ދާނީ އެއްވެސް ކައުންސިލެއް ތަފާތުކުރުމެއް ނެތިކަމަށެވެ.

މީގެ ކުރިން ސްޓެލްކޯގެ ފަރާތުން ވަނީ އއ އާއި އދ ގެ ބައެއް ރަށްރަށުގެ މަގުބައްތި ބެލެހެއްޓުމާއި މަރާމާތުކުރުމާއި ހަވާލުވެފައިކަން ފާހަގަ ކޮށްލެވެއެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: