ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ކުއްލިގޮތަކަށް މަރުވެއްޖެ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު— ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ފުލުހުން މީޑިއާ ތަކށް މައުލާުމާތު ދެމުން ބުނެފައިވަނީ ފުލހުންގެ ބެލުމުގެ ދަަށަށް ގެނައި މީހެއްގެ މެއަށް ތަދެއް އަރައި ފިޓް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ މަޑަވެލި ހެލްތް ސެންޓަރަށް ގެންދެވިފައިވާ ކަމަށެވެ.

ހެލްތް ސެންޓަރަށް ގެންދެވުނު އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިއަދު މަރުވެފައިވަނީ 43 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި ކަމަށާއި އެ ލޯންޗުގައި އާއްމުންވެސް އެވަގުތު ތިބިކަމަށް ފުލުހުން ބުނެފައިވެއެވެ.

ހާދިސާ އާއި ގުޅިގެން އެރަށުގައި ދިރިއުޅޭ ހޯޑެއްދޫ ކުދިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް މަޑަވެލި ކައުންސިލުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މަރުވި މީހާ މަރުވުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކާ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މި ހާދިސާ އާއި ގުޅޭ މައުލޫމާތު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ހިއްސާ ކުރެވި ތަހްގީގު ކުރުމަށް އެދިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: