ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ހާލަތުން އަރައިގަތުމަށް ޓީޖީއެސްޓީ ބޮޑު ކުރަން ޓީމްސްއިން ތާއީދު!

ޓީމްސް އިން ކުރިޔަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާ އަދި ޓޫރިޒަމް އިން ނަގާ ޓެކްސް ފައިސާގެ އަދަދުތައް ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމްސް) އިން ތާއީދުކޮށްފި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭ ކަންބޮޑުވުންތަކެއް އުފެދިފައި ވަނިކޮށް ޓެކްސް ބޮޑު ކުރުމާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ކޮމިޓީ މަރުހަލާ މިހާރު ވަނީ ފަށާފަ އެވެ. ފަތުރުވެރިކަމާއި ގުޅުން ހުރި ޖަމިއްޔަތާކާއި، ވިޔަފާރިވެރިންގެ ނަޒަރުގައި މިއީ ޓެކްސް ބޮޑު ކުރަން ޖެހޭ ވަގުތެއް ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރުގެ އެތެރޭގެ ހަރަދުތައް ކުޑަކުރުމަށް ގޮވާލާފައި ވަނިކޮށް، ފަތުރުވެރިކަމާއި ގުޅުން ހުރި މަސައްކަތް ކުރާ ޖަމިއްޔާ ޓީމްގެ ބަޔާނުގައި ވަނީ އިގްތިސާދީ ހާލަތު އަރައިގަތުމަށް ޓެކްސް ބޮޑު ކުރުމަށް ސަރުކާރުގެ ނިންމުމަށް ތާއީދު ކުރާ ކަމަށެވެ.

ބަޔާނުގައި ވަނީ ދައުލަތުގެ އާމްދަނީ އިތުރުކޮށް، އިގްތިސާދީ ހާލަތުން އަރައިގަތުމަށާއި މުވައްޒަފުންގެ މުސާރަ އިތުރުކޮށް އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ވިޔަފާރިތަކުން ޓެކްސް އިތުރު ކުރުން މުހިންމުކަމަށެވެ.

ޓީމްސް އިން ބުނެފައި ވަނީ، ފަތުރުވެރިންގެ އަތުން ނަގަމުންދާ ޓެކްސް ފައިސާގެ އަދަދުތައް އިތުރު ކުރުމާއި، ވިޔަފާރި ފައިދާއިން ނަގާ ޓެކްސް އަދި އާމްދަނީ އިން ނަގާ ޓެކްސް އިތުރު ކުރުމަކީ މުޅި ގައުމުގެ އިގްތިސާދަށް މުހިންމު ކަމަށެވެ. އަދި އެކަމުގެ ސަބަބުން “ފަގީރުންނާއި މުއްސަންދިންގެ ފަރަގު ކުޑަވެގެންދާނެކަމަށް ވެސް ބަޔާނުގައި ވެއެވެ.

މީގެއިތުރުން ބަޔާނުގައި ވަނީ އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހި ނުދައްކާ ހުރި ޓެކްސް ފައިސާ އަދި ބިމު ކުލީގެ ފައިސާ ދައުލަތުން ހޯދުން ވެސް މިވަގުތު އޮތް މާލީ ހާލަތުން އަރައިގަތުމަށް މުހިންމު ކަމެކެވެ. އަދި ވޭތުވެދިޔަ 50 އަަހަރު ފަތުރުވެރިކަމުގެ ސިނާއަތު އޮތީ، ރިސޯޓުތަކުގެ ވެރިންނަށް ކަމަށާއި، އެހެންކަމުން ކުރިއަަށް އޮތް 50 އަހަރު ދެމެހެއްޓިނިވި ގޮތެއްގެ މަތިން އެންމެހާ ރައްޔިތުންނަށް މަންފާ ވާ ގޮތަކަށް ސިނާއަތުގެ ކަންކަން ބައްޓަން ކުރުމަށްވެސް ޓީމްސްއިން ވަނީ ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: