ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުﷲގެ މޫނު އަދިވެސް އާއިލާއަށް ނުދައްކާ

އާއިލާ މެމްބަރުން މޯޗަރީއަށް ވަނުމަށް ފުލުހުން ވަނީ ހުރަސްއަޅާފައި/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ ހޯނޑެއްދޫ ސާވެން އަބްދުﷲ ރަޝީދުގެ މޫނު އާއިލާ އަށް ދެއްކުމަށް ފުލުހުން ދެކޮޅުހަދަމުންދާ ކަމަށާއި އަބްދުﷲ ގެ ހަށިގަނޑު މާލެ ގެނެސް ގަލޮޅު ސަހަރާގެ މޯޗަރީ އަށް ލީ ވަގުތުން ފެށިގެން މިހާތަނަށް މޫނު ދައްކާފައިނުވާ ކަމަށް އާއިލާ އިން ބުނެފިއެވެ.

އަބްދުﷲ ރަޝީދުގެ މަރާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް އޭނާގެ އާއިލާގެ ފަރާތުން ގަލޮޅު ސަހަރާ ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުﷲ ރަޝީދުގެ މަންމަ ވަނީ އެހާދިސާ އާއި ގުޅިގެން ކަންހިނގާ ދިޔަގޮތް ކިޔައިދީފައެވެ.

އަބްދުﷲ ގެ މަންމަ ބުނީ އޭނާ ދިރިއުޅޭ ގެއަށް ދިޔައީ ކާން ގުޅަގުޅާ އަބްދުﷲ ފޯނު ނުނަގައިގެން ކަމަށެވެ. ދިޔައިރު ފުލުހުން ވަނީ އެގެ ބަންދުކޮށް ބަލައިފާސް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައި ކަމަށެވެ.

އަބްދުﷲގެ މަންމަ ކިޔައިދިން ކިޔައިދިން ގޮތުގައި ދަރިފުޅު ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައީ ބައްދަލުކޮށްލަން ފުރުސަތު ވެސް ނުދީއެވެ. ހައްޔަރު ކޮށްގެން ގެންގޮސް ލޯންޗަށް އެރުވީ ވެސް  ރޮއިރޮއި ހުއްޓާ މޫނުވެސް ދައްކައިނުލައެވެ.

މި މައްސަލައިގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ފަރާތުން އާއިލާގެ ނުރުހުމުގައި އޮޓޮޕްސީ ހެދުމަށް ނިންމާފައިވާކަން ހާމަކޮށް ބަޔާނެއް ވެސް ވަނީ ނެރެފައެވެ. އަބްދުﷲ ގެ އާއިލާއިން ޕޯސްޓްމޯޓަމް ހެދުމާއި ދެކޮޅުކަށް މީގެ ކުރިން ވަނީ ބުނެފައެވެ.

އާއިލާއިން ބޭނުން ވަނީ ވީހާވެސް އަވަހަށް އަބްދުﷲ ވަޅުލުމަށްކަމަށާއި، ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވައި ކުރާކަމަކުން ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަން ފާހަގަކޮށް އާއިލާއިން ވަނީ އެފަދަ ރިޕޯޓަކުން ފެންނާނެ އިހުމާލެއް ނެތް ކަމަށެވެ. އާއިލާއިން ބުނެފައި ވަނީ އިތުރަށް، އެއްވެސް މައްސަލައެއް ޖައްސަން ބޭނުން ނުވާކަމަށާއި، ބޭނުން ވަނީ ޖަނާޒާ ބޭއްވުމަށް ކަމަށެވެ.

ހަށިގަނޑު އާއިލާއާއި ހަވާލުނުކޮށް، އަދި މޫނު ނުދައްކައި ޕޯސްޓުމޯޓަމް ހަދައިފި ނަމަ ހަށިގަނޑާއި ހަވާލު ނުވާނެކަމަށް އާއިލާގެ މެމްބަރުން މިއަދު މީޑިއާތަކަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: