ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހާއި ފަސްޓްލޭޑީ ދުއްވުމަށް ކާރު ގަތުމަށް އަންނަ އަހަރުގެ ބަޖެޓްގައި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ދުއްވުމަށް ދެ ކާރު ގަންނަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 16 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ރައީސްގެ ދެ ކަނބަލުންނަށް ކާރުގަތުމަށް ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެގެ ދަށުން 241 ކޮމިޓީގެ ރެކޮމެންޑޭޝަން ތަންފީޒުކުރުމަށް ބޭނުންވާ ބަޖެޓުގެ ގޮތުގައެވެ.  އެ ކޮމިޓީގެ ރިކޮމެންޑޭޝަން ތަންފީޒުކުރުމަށް ބޭނުންވާ ބަޖެޓުން ރައީސް ސާލިހާއި ފަސްޓްލޭޑީ އަށް ކާރު ގަތުމަށް ވަނީ ނިންމާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ދެ ކާރުވެސް ގަންނަން ނިންމާފައިވަނީ ޖަރުމަންވިލާތު ކުންފުނިންނެވެ. ރައީސް ސޯލިހްގެ ދެކަނބަލުން ދުއްވަން ގެންނަން ހަމަޖެހިފައިވަނީ މާޒިޑީޒް ބެންޒް މާއިބަޚް ޒެޑް 223 ސީރީސްގެ 2 ކާރެވެ. މިއީ އެންމެ މުއްސަނދި ޤައުމުތަކުގެ ވެރިންގެ މެދުގައި ވަރަށް މަގުބޫލު ކާރެކެވެ. މިކާރުތައް ތައްޔާރު ކުރަނީ އޯޑަރު ކުރުމުން، އޯޑަރު ކުރާ ފަރާތަކުން އެދޭ ގޮތަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ސަރުކާރުން މާސިޑީޒް ބެންޒް ކާރެއް ގަތުމުން އެމްޑީޕީގެ ފަރާތުން ވަނީ އެކަމާއި ފާޑުކިޔާފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރު އާންމުންނަށް ހުޅުވާލައި އެތަނުގައި ހުރި ކާރުތައްވެސް އާންމުންނަށް ދައްކާލިއެވެ. އަދި އެއީ ބޭކާރު ހަރަދުތައް ކަމަށް އޭރުގެ އެމްޑީޕީ ސަރުކާރުން ބުނުމަށްފަހު، ރައީސް ނަޝީދުގެ ސަރުކާރުންވެސް ބޭނުން ކުރީ ހަމަ އެކާރުތަކެވެ. އަދި 2011 ވަނަ އަހަރު ބޭއްވި ސާކްސަމިޓާއި ދިމާކޮށްވެސް ގިނަ އަދަދަކަށް އަގު ބޮޑު ކާރުތައް ގަތެވެ. އެ ކާރުތައް ގަތީވެސް މާލިއްޔަތު ޤާނޫނާއި ހިލާފަށް ކަމަށް އޮޑިޓު ރިޕޯޓުތަކުން ވަނީ ހާމަވެފައެވެ.

ދައުލަތުގެ ބޭކާރު ހަރަދުތައް ކުޑަކުރުމަށް ބައިނަލް އަގްވާމީ ޖަމްއިއްޔާ ތަކުން ބުނަމުން ދާ މި ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން މިހާ ބޮޑު އިސްރާފެއް ކުރުމަށް ނިންމާފައިވާތީ އާއްމުންގެ ގިނަ ބަޔަކު ގެންދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 83%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ގަންނަ އެއްޗެއްގަނޭ.ވަގުތެއްނެތް.މިކަން ނިމެނީ.2023 ބޯ މަތީގަ.މިހާރު ފުލައިޓްވެސް ގަންނަންވީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: