ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތައް ހިންގޭނެ ކަމުގެ ޔަގީންކަން އެބައޮތް: ނާޝިޒް

މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒް.... ފޮޓޯ ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ މާލީ ހާލަތާއި އިގްތިސާދީ ހާލަތަށް އަންނަ ކުރިއެރުންތަކާއެކު ބަޖެޓް ކުރެވޭ މަޝްރޫއުތައް ހިންގޭނެ ކަމުގެ ޔަގީންކަން ބޮޑުކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު  އަދި ބަޖެޓު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބަޖެޓް ދިރާސާކުރި ރިޕޯޓް މަޖިލީހުގައި އިއްވަމުން ނާޝިޒް ވިދާޅުވީ ބަޖެޓުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ޖަޒީރާ ދިރިއުޅުމެއް ހޯދައިދިނުން ކަމަށެވެ.

ބަޖެޓްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ ކަމުގެ ޔަގީންކަން ބޮޑުކަމަށް ނާޝިޒް ވިދާޅުވިއެވެ.

ޕީއެސްއައިޕީގެ މަޝްރޫއުތަކާއެކު ރަށްރަށަށް އެކި ދާއިރާތަކުން ތަރައްގީ އަންނައިރު އެކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ނާޝިޒް ވިދާޅުވިއެވެ.

ބަޖެޓް ކޮމިޓީގައި ހަމައެކަނި ކުރަންޖެހޭ މަސައްކަތަކީ ހަރަދުކުރާނެ ކަންކަން ކަނޑައެޅުން އެކަނި ނޫންކަމާއި ދައުލަތުން އާމްދަނީ ހޯދަން ހުށައަޅާ ކަންކަމަށް އެއްބާރުލުންދޭންޖެހޭ ކަމަށްވެސް ނާޝިޒް ވިދާޅުވިއެވެ.

ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިމުނުއިރު 160 މިލިއަން ރުފިޔާ އިތުރުކުރުމުން ބަޖެޓްގެ ޖުމްލަ 42.8 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ނާޝިޒް ވިދާޅުވިއެވެ. އަދި ބަޖެޓާއެކު ސަރުކާރަށް 11 ރިކޮމެންޑޭޝަންއެއް ލިބި އެހީގެ އަދަދު ޔަގީންކޮށް ހަރަދުތައް ކުޑަކޮށް ސަބްސިޑީ އުސޫލުތައް ބަދަލުކުރަން އަދި ދައުލަތަށް ނުލިބި ހުރި ޓެކްސް އާމްދަނީ ހޯދުންވެސް ރިކޮމެންޑޭޝަންސްގެ ތެރޭޣައި ހިމެނެއެވެ.

ދައުލަތުގެ ބަޖެޓް ދިރާސާކުރުމުގައި ބަޖެޓް ކޮމިޓީއިން ވާނީ ކަމާގުޅޭ ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލުކޮށް މައުލޫމާތު ސާފްކޮށްފައިކަމަށް ވެސް ނާޝިޒް ވިދާޅުވިއެވެ. އެގޮތުން ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭ އިން ދެއްވި ފަންނީ ލަފާއާއި ގުޅިގެން ގަވަރުނަރު އަލީ ހާޝިމް އާއި އެމްއެމްއޭގެ އިސް ބޭފުޅުންނާއި ބައްދަލުކުރެވިފައިވާ ކަމަށް ވެސް ނާޝިޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: