ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވާއިދާ ހިލާފަށް 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމާއެކު ރައީސް ނަޝީދު ކަންބޮޑުވެއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މިއަހަރު ގާނޫނާއި ހިލާފަށް ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން އުޅޭތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް  ބަޖެޓު ހުށަހެޅިއިރު، މި ހިނގާ 2022 ވަނަ އަހަރުގެ ބަޖެޓު ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ޖެހޭކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވިއެވެ. އެހެންކަމުން މިއަހަރަށް ފާސްކުރި 36 ބިލިއަން ރުފިޔާގެ އިތުރަށް 5 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށާއި އަހަރު ނިމޭއިރު ދައުލަތުގެ ހަރަދުތައް ހުންނާނީ 42 ބިލިއަނުގައި ކަމަށް ބަޖެޓު ފޮތުގައި ހިމަނާފައިވެއެވެ.

އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި ލިއުމެއްގައި ވިދާޅުވެފައިވާ ގޮތުން މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ ހަރަދުތައް އިތުރުކޮށްގެން ނުވާނެކަން ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި  މާލިއްޔަތު ޤާނޫނުގައި ބުނާގޮތުން ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން އެދި ހުށަހަޅާނަމަ އެ ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ސަޕްލިމެންޓަރީ ބަޖެޓު ތައްޔާރުކޮށް އެ ފައިސާ ބޭނުންވާ ދުވަހުގެ 1 މަސް ކުރިން މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަހަރުގެ ބާކީ އޮތްތަނުގައި ދައުލަތުން 5.8 ބިލިއަން ރުފިޔާ ހަރަދުވެދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާއިރު، މިއަހަރުގެ މިހާތަނަށް އައިއިރު މަޖިލީހުން ފާސްކުރުމެއް ނެތި އެ އިތުރުވާ މިންވަރުގެ ތެރެއިން ހަރަދުވެފައިވަނީ ކިހާވަރެއްކަންވެސް  ސާފުވާން ނެތްކަން ފާހަގަ ކުރައްވާފައިވެއެވެ.

 

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: