ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ނާޝިޒް، ނައިބަކަށް ބިގޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރު ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު އަދި ނައިބު މުގައްރިރަކަށް އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކަނޑައަޅައިފިއެވެ.

ބަޖެޓް ދިރާސާކުރުމުގެ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓި އާއި އިގްތިސާދީ ކޮމިޓީ އެއްކޮށް އުފައްދާ ވަގުތީ ކޮމިޓީން ކުރާ މަސައްކަތެކެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވަނީ ހުށައަޅުއްވާފައެވެ. އެގޮތުން އަންނަ އަހަރށް ލަފާކުރާ ބަޖެޓަކީ 42.6 ބިލިއން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 24.3 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް އިން އާމްދަނީގެ ގޮތުގައި ދައުލަތަށް 15.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓްގެ އޯވަރޯލް ބެލެންސް އަކީ 9،748 މިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. އަދި ޕްރައިމަރީ ބެލެންސަކީ 6،883 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.

ބަޖެޓްގެ ޑެފިސިޓް ފައިނޭންސް ކުރާ ވަސީލަތްތަކުގެ ތެރޭގައި ލޯނަށް ފައިސާ ދެއްކުމާއި ސުކޫކް ވިއްކުމާއި ޓީ ބިލް ފަދަ ފައިނޭންޝަލް އިންސްޓްރުމަންޓްސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: