ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުރު ހުތުބާ: މިނެކިރުމުގައި އުނި އިތުރު ކުރުމަކީ ގެއްލުމާއި ހަލާކާއި ކުރިމަތިވާނެކަމެއް!

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދުކުރުން ހުއްޓާލިތާ ތިން މަސް ފަހުން ހުކުރު ނަމާދު ކުރަން ފެށުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނެކިރުމުގައި އުނި އިތުރު ކުރުމަކީ ގެއްލުމާއި ހަލާކާއި ކުރިމަތިވާނެކަމެއްކަމަށާއި، އެއީ މަކަރާއި ހީލަތްހެދުމުގެ ތެރޭގައި ހިމެނޭ ފާފައެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

“މަކަރާއި ހީލަތްހެދުން” މި މައުޟޫގެ މައްޗަށް މިއަދުގެ ހުކުރު ހުތުބާ ހާއްސަކުރެވިފައިވާއިރު، ހުތުބާގައި ވަނީ މުދަލާއި ތަނަވަސްކަން ހޯދުމަކީ އިސްލާމްދީން މަނާކުރާކަމެއްނޫންކަމަށް ފާހަގަކޮށް، ރިބާ ހަރާމްކުރެއްވީ މާތް ﷲ ވިޔަފާރިކުރުން ހުއްދަކުރައްވާފާތީކަމަށް ބުނެފައެވެ.

އިސްލާމްދީނުގައި މީސްތަކުންނަށް ގެއްލުން ހުރި، ރިބާގެ ދޮރުތައް ބަންދުކޮށް ވިޔަފާރީގެ ދޮރުތައް ހުޅުއްވާދެއްވާފައިވަނީ، ހަލާލު ގޮތުގައި ވިޔަފާރިކޮށްގެން އާމްދަނީ ހޯދުމަށްޓަކައި، ވިޔަފާރި ކުރާނެ އުސޫލުތަކާއި، ވިޔަފާރީގެ ގޮތުގައި ކޮށްގެން ނުވާނެ ކަންކަން ވަނީ ބަޔާންކުރައްވާފަ

ހުތުބާގަިއވަނީ މަކަރާއި ހީލަތް ހެދުމާއި، އޮޅުވާލުން އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާކަން ހަދުމަކޮށްދެއްވާފައެވެ.

ރަސޫލާގެ ހަޔާތްޕުޅުން މިސާލުދައްކަވާ ހުތުބާގައިވަނީ، އެކަލޭގެފާނު ހަދިސްފުޅު ކުރެއްވި ގޮތުގައި މަކަރުހަދައިފިނަމަ އެމީހަކީ، އަހަރެމެންގެ ތެރެއިންވާ މީހެއްނޫންކަމަށެވެ.

ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ބްރޭޑްތަކުގެ ތަކެތި ރާއްޖޭގައި ވިއްކާކަމަށް ފާހަގަކޮށް، ހުުބާގައި ބުނެފައިވަނީ މި ތަކެތިން ވިޔަފާރިކުރުމުގައި ވަރަށް ބޮޑަށް އޮޅުވާލުމާއި، މަކަރު ހަދަމުންދާކަމުގެ ޝަކުވާ މުޖުތަމައުގެ ތެރެއިން އިވެމުންދާކަމަށެވެ. މިފަދަ ބްރޭޑްތައްކަމަށް ބުނެ ފެންވަރުދަށްމުދާ ވިއްކާތަން މިއީ ބައެއް ވިޔަފާރިވެރިންގެ ކިބައިން ފެންނަކަމެއްކަމަށް ފާހަގަކޮށް ހުތުބާގައި ވަނީ މިއީވެސް މަކަރާއި ހީލަތް ހެދުމުގެ ތެރޭގައި ހިމެނޭކަމެއްކަމަށެވެ. މިކަމުގެ ސަބަބުން މުދާ އުފައްދާ ފަރާތްތަކަށާއި، ގަންނަ ފަރާތްތަކަށްވެސް ގެއްލުން ލިބޭކަމަށައި، މިކަމުގެ ސަބަބުން ވިޔަފާރިވެރިންނާއިމެދު، މީސްތަކުންގެ ހިތްތަކުގައި އޮންނަ އިތުބާރު ކުޑަވާނެކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ބުރަ މަސައްކަތްކޮށްގެން ހޯދާ ފައިސާއިން ދިރިއުޅުމަށް ބޭނުންވާ ތަކެތި ގަންނާނީ އެ ތަކެއްޗަކީ ބޭނުންކުރަން އެކަށީގެންވާ ނުވަތަ ފެންވަރު ރަނގަޅު ތަކެތިކަމަށް ދެކިގެންކަމަށް ފާހަގަކޮށް ހުތުބާގައި ވަނީ، ބައެއް ފަހަރު ބާޒާރުން ގަންނަ މުދަލުގެ ފެންވަރު ދަށްވުމުން އޭގެ ބޭނުން ނުކުރެވޭކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ަބއެއް ފަަހރު ސިއްހީ ގެއްލުންތަކާއިވެސް ކުރިމަތިލާންޖެހޭކަމަށް ފާހަގަކޮށްފައިވެއެވެ.

މާތް ﷲ ހަރާމްކުރައްވާފައިވާ ގޮތްގޮތުން ހޯދާ ފައިސާ ތިޔަ ހޭދަކުރަމުންދަނީ، ތިމާގެ އަމިއްލަ ނަފްސަށާއި، ތިމާ ލޯބިވާ އަނބިދަރިންނަށާއި، މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަކަށް ނޫންހެއްޔެވެ؟ ތިމާގެ އަތުން ތިމާ ލޯބިވާ މީހުންނަށް ހަރާމް މުދަލާއި ދައިސާއިން ކާންދެމުން ގެންދާއިރު، މިކަމުގެ ނުބައިކަމާއިމެދު ވިސްނާލިން ހެއްޔެވެ؟

މަކަރުހެދުމާއި އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައެއްކަމަށް ހުތުބާގައި ބުނެފައިވާއިރު، ހުތުބާގައިވަނީ މަކަރާއި ހީލަތް ހަދަމުންދާ ގޮތްތަކުގެ މައްޗަށް އަލިއްއަޅުއްވާލައްވާފައެވެ.

އެގޮތުން ޒަމާންވީ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި މީސްތަކުންގެ މުދާ ފޭރިގަތުމަށް ބޭނުންކުރާ އުކުޅުތައް ފާހަގަކޮށް، އެކަމަށް ފާރަވެރިވެ ތިބުމަށްވަނީ ގޮވާލާފައެވެ. ފޯނަށް ފޮނެވޭ އޯޓީޕީތައް ހޯދައި، އީމެއިން އާއި އިންޓަނެޓް ބޭންކިން އެކައުންޓްތަކަށް ވަދެ ފައިސާ ފޭރިގަތުމުގެ ޝަކުވާގެ އަޑު މިއަދު މުޖުތަމުގައި ގަދަވެފައިވާކަމަށް ހުތުބާގައިވަނީ ބުނެފައެވެ.

ގަޑުބަޑުކޮށްފައިވާ ކާބޯތަކެތި، އަސްލު ތަކެތީގެ ގޮތުގައި ވިއްކުމަކީ އާންމުވަމުންދާކަމެއްކަމުގައި ބުނެވިދާނެކަމަށް ފާހަގަކޮށް ހުތުބާގައިވަނީ، މިފަދަ ގޮތް ގޮތުން މުދާ ހޯދާ، ފައިސާ ހޯދުމަކީ މީހުންގެ މުދާތައް ބާތިލުގޮތުގައި ކެއުންކަމަށް ބުނެފައެވެ. ހުތުބާގައިވަނީ މިފަދަ އަމަލުތަކުން ދުރުވުމަށް ގޮވާލާފައެވެ. އަދި މީހެއްގެ މުދަލެއް އަނެކާއަށް ބޭނުންކުރެވޭނީ، ދެ ފަރާތުން ރުހިގެންކަމަށް ހުތުބާގައިވަނީ ހަދުމަކޮށްދެއްވާފައިވެއެވެ.

މިގޮތަށް ހޯދާ ފައިސާ ހަރަދުކުރަނީ، ތިމާގެ ލޯބިވާ މީހުންނާއި އަނބިދަރިންނަނޫންތޯ ސުވާލުކޮށް، ހުތުބާގައި ވަނީ މިކަމުގެ ނުބައިކަން ތަކުރާރުކޮށް ހަދާންކޮށްދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: