ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އިންތިހާބަށް ފުލުހުން ފޮނުވީ ވޯޓު ފޮށިތައް ގުނަން: ރައީސް ޔާމީން

އިހަވަންދޫގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އިންތިހާބުތަކަށް ފުލުހުން ފޮނުވީ އެމްޑީޕީއަށް ވޯޓު ގުނުމުގައި އެހީތެރިވެ ދިނުމަށްކަމަށް އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ފުރަތަމަވެސް ފާހަގަކުރެއްވީ އައްޑޫއިން އެމަނިކުފާނަށް ކީ ހޫނު މަރުހަބާއެވެ.

އެމްޑީޕީގެ މެންބަރުން ޕީޕީއެމްއަށް އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދުދެއްވާ ރައީސް ޔާމީން ވިދާޅުވީ، އައްޑޫ ސިޓީއިން އެމަނިކުފާނަސްކީ މަރުހަބާއިން ދޭހަވަނީ އެމްޑީޕީއަށް އައްޑޫ ސިޓީ ބީވެއްޖެކަންކަމަށެވެ. ހުރިހާ ހިފެއްޓުމަކާއިއެކުވެސް މިފަދަ މަރުހަބާއެއް ކިޔާނީ އެކަމުގެ ސަބަބުންކަމަށް، އެމަނިކުފާނު އިޝާރާތްކުރެއްވީ މި ސަރުކާރުން އައްޑޫ ސިޓީގެ ސުކޫލުތަކަށް ޕީޕީއެމްގެ ޖަލްސާއަށް ގޮނޑި ނުދޭން އަންގާފައިވާކަމަށާއި، އަދި ދަތުރުފަތުރަށް ފަސޭހަވިޔަ ނުދިނުމަށްޓަކައި ބަސްތައްވެސް ދޫނުކުރުމަށް އެންގިކަމަށެވެ.

އެކަމަކު އަޅުގަނޑަށް އަޅުގަޏޑުގެ ރަހުމަތްތެރިން މާލެއިން މި ފޮނުވާ މެސެޖުތަކުން އެމްޑީޕީގެ ތެރޭގައި މިއޮތް، އަޅުގަނޑު ދަންނަވާނީ ހަމަ ބޭރަށް ހިންގާގަނެފައޭ މިއޮތީ، ހަމަ ލޫސް މޯޝަން އިންތިހާއަށް. އެބޭފުޅުންނަށް ފެނޭ އެބޭފުޅުންގެ ރައީސް ވަޑައިގަތީމަ މެހެމާންދާރީ ކިޔާ ގޮތްވެސް

ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ މުދަލަކީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި ރައީސް ސާލިހުގެ މުދަލެއްނޫންކަމަށެވެ.

ޕީޕީއެމް އިން ބޭއްވި އެތެރޭގެ އިންތިހާބަށް ފާޑުކިޔުން އަމާޒުކުރީ އެމްޑީޕީގައި ހަޖަމުކުރުމުގައި މައްސަލައެއް އުޅޭތީކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ރާއްޖެއަށް އަންނަ ކޮންމެ ކުރިއެރުމަކީ އެމްޑީޕީއިން ގެނައި ނިޒާމުގެ ތެރެއިން ނުވަތަ އޭގެ ސަބަބުން އަންނަ ކުރިއެރުމަށްކަމަށް ގަބޫލުކުރައްވާ ފަރާތްތަކަށް ރައްދުދެއްވާ ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބު އޮމާންކަމާއިއެކު ކުރިއަށްދިޔައީ، އެމްޑީޕީއިން ގެނައި ޑިމޮކްރަސީގެ އުސޫލުގެ ސަބަބުން ނޫންކަމަށެވެ.

އިންތިހާބު ރަނގަޅަށް ކުރިއަށްދިޔައީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ހެޔޮފުޅުކަމުން ފުލުހުން ނުފޮނުވީތީ ނޫންކަމަށާއި، ފުލުހުން ފޮނުވަންޖެހޭ އެއްވެސް ސަބަބެއްވެސް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އިންތިހާބުގެ ތެރޭގައި ހަމަނުޖެހުމެއް ނެތްކަމަށާއި، ވޯޓުލީ ވޯޓުލާން ބޭނުންވާ މީހުނުަކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެެވެ.

އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުމެއް އޮވެގެނެއް ނޫޅެޔޭ އިގޭތޯ، އަޅުގަޏޑުމެންގެ ތެރޭގައި ވޯޓުލީ ވޯޓުލާން ބޭނުންވާ މީހުން، އެދާއިރާތަކަށް ނިކުމެ ހެދުނުންސުރެ އިރުއޮއްސެއްދެން. ރޭގަނޑު 8 9 ޖަހަންދެން ވޯޓު ފޮށި ބަންދުނުކުރެވިގެން ދިޔަ، އޭގެ ތެރޭގައި މަސްލަހަތު ނަގާލާ، ތަންތަން ފަޅާލާ، ޖިސްމާނީ އަނިޔާދީ އެއްވެސް ގާނޫނާއި ހިލާފުކަމެއް ނުހިގާ

ރައީސް ޔާނމީންގެ ސަރުކާރުގައި އިންތިހާބުތައް ހުއްޓުވަން ފުލުހުން ފޮނުވި ވާހަކަދައްކަވަމުންގެންދަވާކަމަށް ފާހަގަކޮށް ރައިސް ޔާމީން ވިދާޅުވީ، ފުލުހުން ފޮނުވީ އެމްޑީޕީގެ މެންބަރުންނަށް އެ މަސައްކަތްނުކުރެވިގެން އެކަމުގައި އެހީތެރިވުމަށްކަމަށެވެ. އެގޮތުން އެމްޑީޕީގެ ވޯޓު ފޮށިތައް ގުނީވެސް ފުލުހުންކަމަށް މަލާމާތުގެ ރާގެއްގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުން ފޮނުވީ ކީއްކުރަންތޯ؟ އެބޭފުޅުންނަށް ވޯޓު ގުނުމުގެ ކަންތައްތައް ނުކުރެވިގެން ވޯޓުވެސް ގުނައިދިނީ ފުލުހުން

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަކީ ތާރީހު އޮޅުވާލަން މަސައްކަތްކުރާ ބައެއްކަމަށެވެ.

ޕާޓީތަކުން ކުރާ ތާރީހީ މަސައްކަތަކުގެ ކްރެޑިޓް ނެންގެވުމުގެ ބަދަލުގައި އެތަންތަނަށް ވަޑައިގެން، ރައްޔިތުންގެ ޝަކުވާތައް އަޑުއަހައިގެން އެކަންތައްތައް ހައްލުކޮޮދެއްވިއްޔާ މާ ރަނގަޅުވާނެކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: