ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުނިވާސީޓީއަކަށް ހެދުމަށް ޝަރުތުހަމަވާ އެއްވެސް ކޮލެޖެއް ރާއްޖޭގައި ނެތް: މިނިސްޓަރު ޑރ ހަސަން

މިއަދުގެ މަޖިލީހުގައި ކުރިއަށް ދިޔަ ގައުމީ ތަރައްގީ އާއި ތަރިކައާއި ބެހޭ ކޮމިޓީގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނިވާސީޓީއަކަށް ހެދުމަށް ޝަރުތުހަމަވާ އެއްވެސް ކޮލެޖެއް ނެތްކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ގައުމީ ތަރައްގީ އާއި ތަރިކައާއި ބެހޭ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މަތީ ތައުލީމާއި ބެހޭ ގާނޫނުގައި ކޮލެޖުތައް ޔުނިވާސީޓީއަށް ހެދުމަށް ބޭނުންވާ ގާނޫނެއް ހެދުމަށް ބަޔާންކޮށްފައިވާނެކަމަށް ފާހަގަކޮށް މެންބަރު އެއްސެވީ، މި ގަވާއިދު ވަނީ ހެދިފައިތޯއެވެ.

ޖަވާބުގައި މިނިސްޓަރު ހަސަން ވިދާޅުވީ، މި ގަވާއިދުތަށް ގެޒެޓުގައި ޝާއިއުކޮށްފައިވާ ވާހަކަ މީގެ ކުރީ މަޖިލީހެއްގައިވެސް ދަންނަވާފައިވާނެކަމަށެވެ. އޭގެ އިތުރުން މެންބަރު އެއްސެވީ އެ ޔުނިވާސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދުގައި، ހިމަނާފައިވާނީ ކޮންކަހަލަ ޝަރުތުތަކެއްތޯ އާއި، އަދި މި ޝަރުތުތައް ހަމަވާ އެއްވެސް ފަރާތުން ޔުނިވާސިޓީއެއްގެ ގޮތުގައި ކޮލެޖު ރަޖިސްޓްރީކުރުމަށް ހުށައަޅައިފިތޯއެވެ.

މިނިސްޓަރު ހަސަން ވިދާޅުވީ މި ވަގުތު މަތީ ތައުލީމުގެ ގާނޫނު އޮތް ގޮތުން، ޔުނިވާސިޓީއަކަށްވުމަށް ޝަރުތުހަމަވާ ކޮލެޖެއް ރާއްޖޭގައި ނެތްކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެހެންކަމުން އެއްވެސް ފަރާތަކަށް ހުށަނޭޅޭނެކަމަށެވެ.

މި ކޮމިޓީގައި ކުރިއަށްދަނީ ދިވެހިރާއްޖޭގައި ހިނގާ ކޮލެޖުތައް ޔުނިވާސިޓީއެއްގެ ގޮތުގައި ރެޖިސްޓްރީކުރުމަށް، ބޭނުންވާ މައިގަނޑު ޝަރުތައް އިސްލާހު ގެނައުމަށް، ދިވެހިރާއްޖޭގެ، މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަސް ހުށައެޅި ބިލުގެ ދިރާސާތަކެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށައަޅާފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

އެގޮތުން، ރާއްޖޭގައި ހިންގާ ކޮލެޖުތައް ޔުނިވާސިޓީއެއްގެ ގޮތުގައި ރެޖިސްޓްރީވުމަށް ބޭނުންވާ މައިގަނޑު ޝަރުތީ އެތަންތަން ވަކި މުއްދަތަަކަށް ހިންގުން ކަމަށް އޮތް އުސޫލު ބަދަލުކޮށް، އެކަށީގެންވާ ފެންވަރުގައި ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ކޮލެޖުތަކަށް ބާރުއެޅުމުގެ ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރެޖިސްތްރީވުމަށް ފުރިހަމަވާންޖެހޭ ޝަރުތަކީ ކޮލެޖުތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރަށް ރިޢާޔަތްކޮށް ކަނޑައެޅޭ ޝަރުތުތަކެއް ކަމުގައިހެދުމަށް މި އިސްލާހުގައި ވެއެވެ.

މީގެ އިތުރުން، ޔުނިވާސިޓީއެއްގެ ގޮތުގައި ރެޖިސްޓްރީވުމަށް ކޮލެޖެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ މަދުވެގެން 15 އަހަރު ވެފައިވާނަމަ، ނުވަތަ ދިވެހިރާއްޖެއިން ބޭރު ޤައުމެއްގައި އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ޤައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެ، ހިންގަމުން އަންނަތާ 10 އަހަރު ފުރިހަމަ ވާންޖެހޭކަމަށް ވެއެވެ.

މި އިސްލާހުގައިވާ ގޮތުގައި އާޓްސް އެންޑް ހިއުމަނިޓީސް، އިންޖިއަނިރިން އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސް އެންޑް މެޑިސިން، ނެޗުރަލް ސައިންސް، އަދި ޗޯޝަލް ސައިންސް ގެ ދާއިރާތަކުގެ ތެރެއިން މަދުވެގެން ތިން ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް، އަދި ލެވެލް ނުވައެއް ގެ ޕްރޮގުރާމްތައް އެ ކޮލެޖަކުން ނުވަތަ ދިވެހިރާއްޖެއިން ބޭރު ޔުނިވާސިޓީއަކުން އެކޮލެޖުގައި ހިންގަމުންދާ ކޮލެޖަކަށް ވާންޖެހޭނެއެވެ.

މި ޝަރުތުތަކާއި ގުޅިގެން މެންބަރުން ސުވާލުކުރެއްވީ މި ޝަރުތުތަކާއިއެކު، ރާއްޖޭގައި ޔުނިވާސިޓީތައް އުފެދުމުގެ ކިހާ މިންވަރެއްގެ ފުރުސަތެއް އެބަ އޮތްތޯއެވެ. އަދި މީގެ ކުރީގައި 20 އަހަރުވެފައި އޮންނަޖެހޭކަމަށް ބުނާ ޝަރުތު، 15 އަހަރަށް އިސްލާހުކުރެއްވުމުން ތައުލީމީ ފެންވަރު ދަށްނުވެ ކިހާ މިންވަރަކަށް މިކަން ހާސިލްކުރެވޭނެ ކޮލެޖުތަށް މިވަގުތު އެބަހުރިތޯއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މި އިސްލާހުގެ ސަބަބުން ޔުނިވާސިޓީތައް އުފެދުމުގެ ފުރުސަރު އޮންނާނެކަމަށެވެ. އަދި މިނިސްޓްރީ އިން ޔުނިވާސިޓީތައް ބަލަނީ ވިޔަފާރިއެއްގެ ގޮތުގައި ނޫންކަމަށާއި، އެހެން ވުޒާރާތަކުގެ މެންޑޭޓުގައި މިކަން ވިޔަފާރިއެއްގެ ގޮތުގައި އޮތް ނަމަވެސް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން މިކަން ބަލަނީ މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދެވޭނެ ނިޒާމެއްގެ ގޮތުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޔުނިވާސިޓީއެއް އިތުރަށް އުފެދުމަކުން މަތީ ތައުލީމުގެ ފެންވަރު ގެއްލިގެންދާކައް ނުޖެހެ، މަތީ ތައުލީމުގެ ފެންވަރު ހަރުދަނާވެ ރަނގަޅުވުމުގެ ފުރުސަތު އޮންނާނެކަމަށް އަޅުގަނޑުމެން މި ބަލަނީ.

މިތަންތަނުގެ ފެންވަރު ހިފެހެއްޓުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު ޕްރިއޯރިޓިއެކަމަށް ފާހަގަކުރެއްވާ މިނިސްޓަރު ހަސަން ވިދާޅުވީ، މި އިސްލާހުތަކާއިއެކު ކުއަލިޓީ އެޝުއަރެންސް ގާއިމްކުރެވޭނެކަމަށާއި، ތައުލީމުގެ ފެންވަރު ދަށަކަށްނުދާނެކަމަށެވެ. އިތުރަށް އުފެދޭ ޔުނިވާސިޓީއަކުން މަތީ ތައުލީމުގެ ފެންވަރު ނުގެއްލޭނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: