ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަނގަޅު ފެންވަރުގެ ހިދުމަތް ދެވޭނީ ރަނގަޅު ފެންވަރަށް މީހުން ތަމްރީނު ކުރެވިގެން: ޑރ ހަސަން

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރަނގަޅު ފެންވަރުގެ ހިދުމަތް ދެވޭނީ ރަނގަޅު ފެންވަރަށް މީހުން ތަމްރީނު ކުރެވިގެންކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ނަރުހުންނަށް ހުޅުވާލި ސްކޯލަރޝިޕްތަކައި ގުޅިގެން ވާހަދައްކަވަމުން މިނިސްޓަރ ހަސަން ވިދާޅުވީ ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ސަރުކަރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އަދި މިފަދައިން ރަނގަޅު ފެންވަރުގެ ހިދުމަތް ދެވޭނީ ރަނގަޅު ފެންވަރަށް މީހުން ތަމްރީނު ކުރެވިގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީއިން އިއުލާންކުރި ނަރުހުންގެ ސްޕެޝަލައިޒްޑް ސްކޯލަރޝިޕް ސްކީމުގެ މައިގަނޑު މަގްސަދެއްކަމަށް މިނިސްޓަރު ހަސަން ވިދާޅުވީ ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުންކަމަށެވެ. އަދި ހުޅުވާލީ 15 ސްކޯލާޝިޕްއަކަށް ކުރިމަތިލުމުގެ ފުރުސަތުކަމަށާއި، އަދި މީގެ ދަށުން ރާއްޖޭގެ 8 ތަނެއް ހިދުމަތްކުރުމަށް ބޮންޑު ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑު އުއްމިދުކުރަނީ ވީހާވެސް ގިނަ ރައްޔިތުން މި ފުރުސަތުގެ ބޭނުން ހިއްޕަވައިގެން، ރާއްޖޭގެ ސިއްހީ ދާއިރާއަށް ހިދުމަތުގެ ފރެންވަރު ރަނގަޅުކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެންނާއިއެކު ބައިވެރިވާނެކަމަށް

މިނިސްޓަރު ވިދާޅުވީ މި ފުރުސަތުގެ ބޭނުން ވީހާވެސް ގިނަ ރައްޔިތުން ހިފާނެކަމަށް އުއްމިދުކުރައްވާކަމަށާއި، އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ހިުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި އެއްބާރުލުން ދެއްވާނެކަމަށް އުއްމިދުކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ސްކޯލަރޝިޕްގެ ފުރުސަތު ހުޅުވާލައިފައިވަނީ ސާކް ގައުމުތަކު އާއި މެލޭޝިޔާ އަދި ފިލިޕީންސްއިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ގައުމުތަކުގައި ހުރި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގަބޫލުކުރާ އަދި ސަރުކާރުގެ ކަމާއިބެހޭ ރެގިއުލޭޓަރީ އޭޖެންސީއިން ގަބޫލުކުރާ ކޮންމެ އިންސްޓިޓިއުޝަންއަކަށްވެސް ދަރިވަރުންނަށް ދެވިދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: