ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަރުހުން ސްޕެޝަލައިޒްވުމަށް ހިލޭ ސްކޮލަރޝިޕްގެ ފުރުސަތުތަކެއް!

ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން -- ފޮޓޯ: ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ސްޕެޝަލިސްޓް ނަރުހުން ރާއްޖެއިން ބޭރުން ތަމްރީނުކުރުމަށް ސްކޮލަރޝިޕްތަކެއް ހުޅުވާލައިފިއެވެ.

މި ސްކޯލާޝިޕްއާއި ބެހޭ މައުލޫމާތު ހިއްސާކުރަމުން މިނިސްޓްރީއިން ބުނެފައިވަނީ މިއީ ދިވެހި ނަރުހުން މާސްޓަރސް ޑިގްރީ ލެވެލްއަށް ރާއްޖެއިން ބޭރުގައި ތަމްރީނުވެ ސްޕެޝަލައިޒްވުމަށް ހުޅުވާލާ 15 ސްކޮލަރޝިޕެއްކަމަށެވެ. މި 15 ސްކޮލަރޝިޕް ސާރކްގެ ގައުމެއްގައި ނުވަތަ މެލޭޝިޔާ ނުވަތަ ފިލިޕީންސްގެ ކިޔަވައިދޭ މަރުކަޒެއްގައި ކިޔެވޭނެކަމަށް މިނިސްޓރީއިން ބުނެފައިވެއެވެ. ކޯހުގައި ކިޔެވުމަށް ޖާގަހޯދުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ލިބޭފަރާތްތަކުން އެކަންޏެވެ.

މިނިސްޓްރީއިން ބުނެފައިވަނީ ޖާގަ ހޯދުމުގައި މޯލްޑިވްސް ނާރސިންގ ކައުންސިލުން އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ގަބޫލުކުރާ ކިޔަވައިދޭ މަރުކަޒެއްކަމާއި އަދި ކޯހެއްކަން ކަށަވަރުކުރަންވާނެކަމަށެވެ.

މި ސްކޯލަރޝިޕްގެ ޝަރުތުތަކުގެ ތެރޭގައި އިޚްތިޔާރުކުރާ ކޯހަކީ، އިންގްލިޝް މީޑިއަމްއިން ކިޔަވައިދޭ، ފުލްޓައިމް ކޯހެއް ކަމުގައި ވުން ހިމެނެއެވެ. އަދި ކޯހުގެ މުއްދަތުގައި މަރުކަޒަށް ހާޒިރުވެގެން ފުރިހަމަކުރަންޖެހޭ ކޯހަކަށް ވާންޖެހެއެވެ. އޭގެ އިތުރުން ކޯހުގައި ސްޕަރވައިޒްޑް ޕްރެކްޓިކަލް ބައެއް ހިމެނިފައި އެއީ ކިޔަވައިދޭ މަރުކަޒުން އިންތިޒާމްކޮށް ހަމަ ޖައްސައި ދޭނޭ ކޯހަކަށްވެސް ވާން ޖެހެއެވެ.

މި ސްކޮލަރޝިޕްގައި ކިޔެވުމަށް ޖާގަ ހޯދުމަށް ލިބެނީ 6 މަސް ދުވަހެވެ

ސްކޮލަރޝިޕް ގައި ކިޔެވުމުގެ ހުރިހާ ޚަރަދެއް ސަރުކާރުން ދޭގޮތަށް ހަމަޖެހިފައިވާއިރު، ކޯސްފީގެ އިތުރުން މަރުކަޒު ހުންނަގައުމަކަށް ދެކޮޅު ޓިކެޓް، މަހުންމަހަށް ގައުމުތަކަށް ކަނޑައެޅިފައިވާ ރޭޓުން ސްޓައިޕެންޑް، ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާރޗަރ އެލަވަންސް، އިންޝުއަރެންސް ޚަރަދާއި އަދި ވިސާ ޚަރަދުވެސް ސަރުކާރުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ.

ސްކޮލަރޝިޕް ކަނޑައެޅިފައިވަނީ ރާއްޖޭގެ 8 ހޮސްޕިޓަލް އަކަކަމުގައިވާއިރު، މި ސްކޮލަރޝިޕްތައް ފުރިހަމަ ކުރާ ފަރާތްތަކުން އެ ހޮސްޕިޓަލްތަކުގައި ޚިދުމަތް ކުރުމަށް ބޮންޑް ކުރެވޭނެކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. އެ ހޮސްޕިޓަލްތަކަކީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް އަދި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން މ. މުލީ ރީޖަނަލް ހޮސްޕިޓަލްގައެވެ.

މި ސްކޮލަރޝިޕް ގައި 27 ދާއިރާއަކުން ސްޕްޝަލައިޒްވުމަށް ހުޅުވާލެވެއެވެ. އޭގެ ތެރޭގައި މެޓާރނަލް ޗައިލްޑް ހެލްތާއި، ނިއޯނޭޓަލް އިންޓެންސިވް ކެއަރ އާއި ޕެލިއޭޓިވް އޮންކޮލޮޖީ އަދި ނިއޯނޭޓަލް އިތުރުން އެހެން ދާއިރާތައްވެސް ހިމެނެއެވެ.

މި ސްކޮލަރޝިޕް ތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ވަގުތަކީ 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ޖަހާއިރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: