ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ޑީސެލް ސަޕްލައިއަށް ލޮޅުންތަކެއް!

ރަޝިޔާގެ ރައީސް ޕުޓިން އަދި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެކި ގައުމުތަކަށް ޑީސެލް ހޯދުމުގައި ދަތިތައް ކުރިމަތިވާން ފަށައިފިއެވެ.

ހަނގުރާމައި ސަބަބުން ބައިނަލްއަގުވާމީ މާކެޓަށް އައިސްފައިވާ ލޮޅުންތަކުގެ އަސަރު ފެނިގެންދާ ގައުމުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު އޮންނަ އެމެރިކާ ހިމެނެއެވެ. އެގޮތުން މިހާރު އެމެރިކާގެ ޑީސެލް ސަޕްލައި ހުރީ 2008 ވަނަ އަހަރަށްފަހު އެންމެ ބޮޑަށް ދަށްވެފައިވާ މިންގަނޑުގައެވެ.

ހަކަތައިގެ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން، މި ދަތިތަކަކީ ޔޫކްރެއިން އަދި ރަޝިއާ ހަނގުރާމައި ގެ ލޮޅުންތަކުގެ އިތުރުން ތެޔޮ ރިފައިން ކުރުމުގައިވެސް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކެއް ކަމަށެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން މި ގޮންޖެހުންތަކުގެ ސަބަބުން ކޮންމެ 4.5 ލީޓަރު ޑީސެލްގެ އަގު 5 ޑޮލަރަށް އަރައިގެން ގޮސްފަާނެއެވެ. އަދި ރައްޔިތުން ބޭނުން ކުރާ މުދާ އެއް ތަނުން އަނެއް ތަނަށް ފޯރުކޮށްދޭ ގިނަ އުޅަނދުތަކަކީ ޑީސެލް ބޭނުން ކުރާ އުޅަނދުތަކަށްވުމުން ތަކެތީގެ އަގުތައް އިތުރަށް އަރައިގެންދިއުން އެކަށީގެންވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އެމެރިކާގެ އިތުރުން ރާއްޖެއާއި އަވައްޓެރި ގައުމެއް ކަމަށްވާ ޕާކިސްތާނަަށްވެސް ވަނީ މި ދަތިތަކުގެ އަސަރުތައްކޮށްފައެވެ. އެ ގައުމުގެ އޮއިލް އެންޑް ގޭސް ރިފައިނަރީ އޮތޯރިޓީ(އޮގްރާ) އިން ބުނެފައިވާގޮތުން ޕާކިސްތާނަށް ޑީސެލް އަދި ޕެޓްރޯލްވެސް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމަށެވެ.

އޮގްރާ އިން ބުނެފައިވާގޮތުން މި ދަތިތަކަކީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ކުރެވޭ ވަރު މަދުވުމުން ކުރިމަތިވާ ދަތިތަކެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރާއްޖެއިން އެބަޖެހޭ ހުރިހާކަމެއް ހުއްޓާލާފަ ބޮޑުތެޔޮބާޖެއް ބަންނަން އަދި ސީދާރަށިޔާއިން ޑީސަލާ ޕެޓްރޯލު ގެނެސް ރައްކާކުރެވޭނެ ބިޔަ 100 ތާނގި ބަންނަން އައްޑޫ ކުޅުދުއްފުށި ލ ހއ މިރައްތަކުގަ އޭރުން މިފަދަ ލޮޅުންތަކުގެ އަސަރު ވަގުތުން ކުރުން ހުއްޓޭނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: