ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރާއި މެދު ރާއްޖޭގައި ޗައިލްޑް ޑިޓެންޝަން ސެންޓަރު ގާއިމު ކުރުމަށް ބަޖެޓު ބޭނުން: ޕޮލިސް

ކޮމިޓީގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރާއި މެދު ރާއްޖެ ތެރޭގައި ކުއްތަކަށް އަރައިގަންނަ ކުދިން ބަންދު ކުރެވޭނެ ނިޒާމުތަކެއް ގާއިމު ކުރުމަށް ބޭނުންވާ ބަޖެޓު ޕޮލިސް ސާވިސްގެ ބަޖެޓުގައި ހިމެނުމަށް ޗީފް ސުޕަރއިންޓެންޑެންޓް އޮފް ޕޮލިސް މުހަމައްދު ބަޝީރު އެދިވަޑައިގެންފިއެވެ.

ހިއުމަން ރައިޓްސް އެންޑް ޖެނޑަރ ކޮމިޓީގައި 2023ގެ ބަޖެޓާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަމުން ބަޝީރު ވިދާޅުވީ، ގާނުނާއި އެއް ގޮތްވާގޮތުގެ މަތިން ކުޑަ ކުދިން ބަންދު ކުރެވޭނެ ސެންޓަރެއް ފުވައްމުލަކުގައި ގާއިމު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

އެނާ ވިދާޅުވީ، އެފަދަ އިތުރު ސެންޓަރުތަކެއް އުތުރާއި މެދު ރާއްޖޭގައި ކުޑަ ކުދިން ބަންދު ކުރެވޭނެ ސެންޓަރެއް ނެތްކަމަށެވެ. އަދި ބަޖެޓު ހުސްވަމުން ދިޔައިރު އެކަންކަން ކުރުމަށް ފައިސާ ހިމެނިފައިނުވާކަމަށް ބަޝީރު ވިދާޅުވިއެވެ.

ބަޝީރު ވިދާޅުވީ، އެފަދަ ސެންޓަރުތަކެއް ހުރުމަކީ ގާނޫނު ލާޒިމު ކުރާ ކަންކަމަށް ވުމުން އެ ފައިސާ ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމަނަން އެދިލައްވާކަމަށެވެ.

މީގެ އިތުރުން ބަޝީރު ވިދާޅުވީ، ތަހުގީގުތައް ހަރުދަނާ ކުރުމަށްވެސް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި މިފަހަރުގެ ބަޖެޓުގައިވެސް އެކަމަށް ބޭނުންވާ ޓްރެއިނިންގް ދިނުމަށް ހިމަނާފައި ހުންނާނެކަމަށް ވީ ނަމަވެސް އެފްސީޕީއަށް ހާއްސަކޮށްގެން ހިމެނިފައިނުވާތީ އެކަމަށް ބޭނުންވާ ހުރިހާ ތަމްރީނުތަކެއް ދެވިފައިނުވާކަމަށާއި އެހެންކަމުން އެފަދަ ޓްރެއިނިންގްތަކެއް ހޯދުމަށް ބަޖެޓެއް ޕްރޮޕޯޒްކޮށްފައިވާނެކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: