ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްކޮންސްއިން ސާވޭ ރިޕޯޓު ހިއްސާކޮށްފި، މައްސަލަ އޮތީ ނިމުމާއި ގާތުގައި: އީޕީއޭ

ބުރިޖު ޕްލެޓުފޯރމުގެ ސަބަބުން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުންތައް: ފޮޓޯ/ އީޕީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ބުރިޖު ޕްލެޓުފޯމު ވިލިނގިލި ފަރަށް އެރި މައްސަލައިގައި އެފްކޮންސްއިން ސާވޭ ކުރުމަށް ފަހު، އީޕީއޭ އާއި ރިޕޯޓު ހިއްސާކޮށްފައިވާކަމަށް އެ މުއައްސަސާގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމު ވިދާޅުވެއްޖެއެވެ.

އީޕީއޭގެ ސާވޭ އާއިމެދު ހިތް ހަމަ ނުޖެހި އަމިއްލައަށް ކުރި ސާވޭތަކެއް ކުރުމަށް ފަހު އެފްކޮންސްއިން އެ ސާވޭ ނިންމާލާފައިވާތީ، ރިޕޯޓު ހިއްސާކޮށްފައިވޭތޯ “ސަންގުން” ސުވާލު ކުރުމުން ނައީމް ވިދާޅުވީ، އީޕީއޭއަށް އެފްކޮންސްގެ ސާވޭ ރިޕޯޓު ލިބިފައިވާކަމަށެވެ. އެހެން ނަމަވެސް އިތުރު އަޕްޑޭޓެއް މިވަގުތު ދެވެން ނެތްކަމަށްވެސް ނައީމް ވިދާޅުވިއެވެ.

މައްސަލަ މިވަގުތު އޮތީ ކޮން މަރުހަލާއެއްގައިތޯ ސުވާލު ކުރުމުން ނައީމު ވިދާޅުވީ، މިހާރު މައްސަލަ އޮތީ ނިމުމާއި ގާތުގައި ކަމަށެވެ. އަދި އިތުރު މައުލޫމާތު ދާދި އަވަހަށް ހިއްސާ ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އެފްކޮންސްއިން ބުރިޖު އެޅުމަށް ގެންގުޅުނު ޕްލެޓުފޯރމު ވިލިނގިލި ފަރަަށް އަރާފައިވަނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ. އަދި އެ ސަރަހައްދަށް އެޅިފައިވާ ބައެއް ތަކެތި އެފްކޮންސްއިން ނެގުމުން އީޕީއޭއިން ވަނީ އެ ސަރަހައްދުގެ ސާވޭއެއް ކޮށްފައެވެ. ނަމަވެސް އެފްކޮންސް އަށް އީޕީއޭގެ ސާވޭ ކަމުނުދިއުމުގެ ސަބަބުން އެ ކުންފުނިންވަނީ އަމިއްލައަށް އެ ސަރަހައްދު ސާވޭކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: