ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެރިދޫ ކައުންސިލްގެ ހުރިހާ މެމްބަރުން އެމްޑީޕީ އަށް ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އއ ފެރިދޫ ކައުންސިލްގެ ހުރިހާ މެމްބަރުން އެމްޑީޕީ އަށް ސޮއިކޮށްފިއެވެ.

ފެރިދޫ ކައުންސިލް މެމްބަރުންނާ އެކު އެމްޑީޕީ އަށް އެރަށުން ސޮއި ކުރި 50 މެމްބަރުންގެ މެމްބަރޝިޕް ފޯމްތައް ވަނީ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އާ ހަވާލުކޮށްފައެވެ.

އެމްޑީޕީ ގެ ފަރާތުން މެމްބަރޝިޕް އިތުރުކުރުމުގެ މަސައްކަތް ޕާޓީގެ ފަރާތުން ދަނީ ކުރަމުންނެވެ. އެގޮތުން ދާދި ފަހުން އެޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި ފިލްމީ ތަރި މަރިޔަމް ނިޝާ ވަނީ ސޮއިކޮށްފައެވެ.

ރީކޯ މޫސަ އެމްޑީޕީން ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަހްމަދު ފާއިޒް ވަކިކުރަން ވޯޓް ދެއްވުމުން އެމައްސަލަ ބެލުމަށް ފަހު 2014 ވަނަ އަހަރު އެވެ. އޭރު އެމްޑީޕީން ނިންމީ ރީކޯ މޫސަ އަށް އަލުން އެމްޑީޕިއަށް ވަދެވޭނީ 50 މެންބަރުންގެ ސޮޔާއި އެކުގައި ކަމަށެވެ. ނަމަވެސް މިއަދު ރީކޯ މޫސަ އެމްޑީޕި އަށް ވަނީ 50 މެންބަރުންގެ ސޮއި ހޯއްދަވައިގެންކަން ނުވަތަ ނޫންކަމެއް އެމްޑީޕީން އަދި ކަށަވަރުކޮށެއް ނުދެއެވެ.

މޫސަ އެމްޑީޕީ އަށް ސޮއި ކުރެއްވިއިރު ރައީސް ސޯލިހް ގެންދަވަނީ ދެވަނަ ދައުރަކަށް ވެރިކަން ހޯއްދެވުމަށް އެމްޑީޕީގެ ޕްރައިމަރީއަށް ތައްޔާރުވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައެވެ. ޕްރައިމަރީގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް މީގެ ކުރިން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ ރައީސް ސާލިހަށް ރިޔާސީ އިންތިހާބުގައި ތާއީދު ނުކުރައްވާނެ ކަމަށް ދާދި ފަހުން ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: