ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާދިސާ ހިނގި ސަރަހައްދުގައި ދުމުގެ އަސަރު ހުރުމުން އެކަމަށް ސަމާލުވުމަށް އީޕީއޭއިން އެދިފި

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް ނައީމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ދުމުގެ އަސަރު ހުރުމާއެކު އެކަމަށް ސަމާލުވުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ  ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް  ނައީމް ވިދާޅުވެއްޖެއެވެ.

ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން “ސަންގަށް” މައުލޫމާތު ދެއްވަމުން ނައީމް ވިދާޅުވީ  ހާދިސާ ހިނގި ސަރަހައްދުގައި އީޕީއޭގެ ފަރާތުން ދުމުގެ ހާލަތު ހުރިގޮތް ބަލައިފައިވާ ކަމަށެވެ.

ނައީމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް އީޕީއޭ މިއަދު ހެނދުނު ގޮސް ދުމުގެ އަސަރު ހުރިވަރު ބަލަމުންދާ ކަމަށެވެ.

ނައީމް ވިދާޅުވީ އެސަރަހައްދަށް ފުރަތަމަ އައި އިރު ދުމުގެ އަސަރު ނޭފަތަށް އިނގޭ ވަރަށް ހުރި ކަމަށާއި އަދިވެސް ދުމުގެ އަސަރު އެސަރަހައްދުގައ ހުރި ކަމަށާއި އެހެންކަމުން އެތާ ކައިރިހުރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އެކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

ނައީމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރައްދުގައި ދިރިއުޅޭ ފަރާތްތަކުން އެ މަންޒަރު ބެލުމަށް ބެލްކަނިތަކުގައި ނުތިބުމަށް އެދޭ ކަމަށެވެ. ސަބަބަކީ އެތަނުން އަރާ ދުމަކީ ދަނގަޑާއި އެލްމިނިއަމް އާއި އެކިކަހަލަ ކެމިކަލްތައް އަނދައިގެން އަރާ ދުމެއް ކަމަށާއި އެހެން ކަމުން އެދުމުގައި ނުރައްކާތެރި އެތައް މާއްދާތަކެއް އެކުލެވޭ ކަމަށެވެ.

ނައީމް ވިދާޅުވީ އެންމެ ރައްކާތެރި ގޮތަކީ ހާދިސާ ހިނގާފައިވާ ސަރަހައްދު ކައިރިއަށް ކުޅިބަލަން އައިސް މާގިނައިރު ނުތިބުމާއި ކޮންމެހެން އެސަރަހައްދަށް ދާންޖެހިއްޖެނަމަ މާސްކެއްގެ އަޅައިގެން ދިއުމެވެ.

ނައީމް އިތުރަށް ވިދާޅުވީ މާގިނަ މީހުން އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ޖަމާވެއްޖެނަމަ އެސަރަހައްދުގައި ރެސްކިއު އޮޕަރޭޝަން ހިންގާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

ނައީމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގިތަނުން ދޭތެރެ ދޭތެރެއިން ދުން ނިކުންނަމުންދާ ކަމަށާއި އެހެންކަމުން ދުމުން ރައްކާތެރިވެ އުޅުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ދުމަކީ ވަރަށް ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ސިފަކުރައްވައި ނައީމް ވިދާޅުވީ ދުމުގެ ތެރޭގައި ނޭވާލަމުން ގޮސް މީހާ ހޭނެތިދާނެ ކަމަށެވެ. އަދި ދުމުގެ އަސަރު ކޮށްގެން ކުއްލިއަކަށް މީހާ އަށް ގެއްލުމެއް ނުލިބުނު ނަމަވެސް ދުމުގެ ސަބަބުން ފަހުން ބޮލުގައި ރިއްސުން ފަދަ ކަމެއް ދިމާވުމަކީ އެކަށީގެންވާ ކެމެއް ކަމަށް ނައީމް ވިދާޅުވިއެވެ. އެހެންކަމުން ދުމުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ނައީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: