ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު މާލޭގައި ކެމިކަލް ގުދަންތައް ނުހުންނާނެ: ރައީސް

އަލިފާނުގެ ހާދިސާ ހިގި ސަރައްހަދުގައި ރައިސް ސާލިހު މީޑިއާތަކާއި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު މާލޭގައި ކެމިކަލް ގުދަންތައް ނުހުންނާނެ ކަމަށާއި، ކެމިކަލް ގުދަންތައް ހުރެގެން ނުވާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން އެ ސަރަހައްދަށް ޒިޔާރަތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ މާލޭގައި 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާ އާ ގުޅިގެން ހުރިހާ ކެމިކަލް ގުދަންތައް ވަނީ ވަގުތުން ތިލަފުއްޓަށް ބަދަލު ކުރެވިފައި ކަމަށެވެ.

ނޫސްވެރިން ކުރި ސުވާލުގެ ޖަވާބުގައި ރައީސް ސާލިހު ވިދާޅުވީ 2019 ގައި ކެމިކަލް ގުދަނެއްގައި ރޯވެ އަނދާ ހުލިވި ހާދިސާ އާ ހަމައަށް ކެމިކަލް ގުދަންތައް ހުރީ މީހުން ދިރިއުޅޭ ގޭގޭތެ ތިރީގައި ކަމަށާއި އެކަމަކީ ގާނޫނުގައި މަނާ ކަމެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މި ހާދިސާގައި 10 މީހެއްގެ ފުރާނަގެއްލިފައިވާކަން ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ، އަލިފާނުގެ ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަށް އެބަހުރިކަމަށެވެ. އަދި އެމަނިކުފާނު ވަނީ އަލިފާން ފެތުރުން ހުއްޓުވުމަށްޓަކައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ރައީސް ސާލިހު ވިދާޅުވީ އެމްއެންޑީއެފް އިން އަވަސް ފިޔަވަޅުތަކެއް އަޅައިގެން އަލިފާން ފެތުރުން ނުހުއްޓުވުނު ނަމަ، މިއީ ވަރަށް ބޮޑު އަލިފާނުގެ ޙާދިސާއަކަށްވާނެކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރީގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާތައްވެސް ހިނގީ ގާނޫނާއި އެއްގޮތަށް އަމަލުކުރެވިފައިނެތީމައިކަމަށެވެ.

މިފަަދަ ހާދިސާތައް މަދުކުރުމަށް ހައްލެއް ގެނެވޭނީ މާލޭގައި އޮތް ތޮއްޖެހުން ހުއްޓުވިގެންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ހާދިސާތައް ހުއްޓުވުމަށް އެޅެން ހުރި އިތުރު ފިޔަވަޅުތައް ހޯދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: