ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދަށް އުޅަނދު ފަހަރު ވަނުން މަނާކޮށްފި!

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބަންދުކުރި މަގުތަކުގެ ތަފްސީލު.
ޝެއާރކޮށްލާ ކަހަލަދޯ؟

މ. ނިރުފެހި ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި ނިމެންދެން މާލޭގެ ބައެއް މަގުތަށް ބަންދުކޮށްފިއެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ވަދުން މަނާކޮށްފައިވަނީ ޖަވާހިރު މަގަށެވެ. ނަމަވެސް މި މަގަށް ހަތަރު ފުރޮޅުލީ އުޅަނދުނޫން އުޅަނދުތަކަށް ވަދެވެއެވެ.

އެއްގަމު އުޅަނދުފަހަރު ވަނުން މަނާކޮށްފައިވަނީ ރިޔާސީހިނގުމާއި، އިސްކަންދަރު މަގަށެވެ. އަލިފާނުގެ ހާދިސާ ހިނގި މަގާއި ކައިރި މަގުތަކަށްވެސް ވަނީ ވަނުން މަނާކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ 12:30 ހާއިރުއެވެ. ފުލުހުންނަށް ރޯވެގެން އުޅޭ ރިޕޯޓް ލިބުނުތާ 3 މިނިޓު ތެރޭގައި ވަނީ އެޓެންޑުކޮށްފައެވެ. އަދި އަލިފާން ހުއްޓުވާފައެވެ. ހާދިސާގައި ޖުމްލަ 10 މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި އިންޑިއާ، ސްރީ ލަންކާ އަދި ބަނގަލަދޭޝްއަށް ނިސްބަތްވާ މީހުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: