ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރުގަދަ އަޑަކާއި އެކު ގަރާޖުގައި ރޯވި އަލިފާން މުޅި އިމާރާތަށް ފެތުރެން ނެގީ އެންމެ ދޮޅު މިނެޓު!

މާލޭގެ ގަރާޖެއްގައި ރޯވި އަލިފާންގަނޑު ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މ. ނިރުފެހިގޭގައި ހުރި ގަރާޖުގައި އަލުފާނުގެ ހާދިސާއެއް ހިނގައި، ރޯވި އަލިފާންގަނޑު މުޅި އިމާރާތަށް ފެތުރުމަށް ނެގީ ދޮޅު މިނެޓުކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ 12:30 ހާއިރު މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި މ. ނިރުފަހި ގަރާޖުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފަ އެވެ.

ހާދިސާގެ މައުލޫމާތު ހިިއްސާ ކުރުމަށް ފުލުހުން މިއަދު ބޭއްވި ޕްރެސްގައި ބުނީ، އެ އިމާރާތުގައި 26 މީހަކު ދިރިއުޅެމުން އައި ކަމަށެވެ. ތަފްސީލުތައް ދެއްވައި ފުލުހުންގެ ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓް ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ތަހުގީގުގެ މިހާތަނަށް އެއް ކުރެވުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި އިމާރާތުގެ ބޮޑު ބައެއް ހަދާގައި ވަނީ ލަކުޑި ބޭނުންކޮށްގެން ކަމަށެވެ. އަދި ތަން ދެ ފަންގިފިލާއަކަށް ހަދާފައި ވަނީ ވެސް ލަކުޑިން ޑެގު އަޅައިގެންކަން ފާހަގަކުރި އެވެ.

ގަރާޖު މަތީގައި މީހުން ދިރުޅެން ލަކުޑިން ޕާޓޝަން ޖަހައި ކުދި ކޮޓަރިތަކެއް ހަދާފައިވާއިރު ފުރަތަމަ ފްލޯގައި ދެ ކޮޓަރި އަދި ދެވަނަ ފްލޯގައި ހަތަރު ކޮޓަރި ހުރިކަަމަށް ސާމިހު ވިދާޅުވި އެވެ. މިއިން ކޮންމެ ތަނެއް ވެސް ހަދާފައި ހުރީ ސާމިހު ވިދާޅުވި ގޮތުގައި ކައްކައި ކެވޭ ގޮތަށެވެ.

އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު ހިއްސާ ނުކުރި ނަމަވެސް ސާމިހު ވިދާޅުވީ ހުޅު ރޯވީ ބާރު އަަޑަކާއި އެކު ގަރާޖުގައި ކަމަށެވެ. އެއަށް ފަހު ހުޅު ފަޅައިގެން ގޮސް އެ އަލިފާން މުޅި ތަނަށް ފެތުރުމަށް ނެގީ ދޮޅު މިނެޓެއްހާއިރުކަމަށް ބުންޏެވެ. ސާމިހު ވިދާޅުވީ މި ހާދިސާގައި މުޅި އިމާރާތް އެއްކޮށް އަނދައިގެން ގޮސްފައިވާ ކަމަށެވެ.

ސާމިހު ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ކުރީ އާއްމުންގެ މީހެއް ކަމަށެވެ. އެރޭ ދަންވަރު 12:26 ހާއިރު ރޯވި އަލިފާންގަނޑުން މުޅި ތަން އެއްކޮށް އަނދައި އަޅިއަށް ވީ މަދު ވަގުތުޅެއްގެ ތެރޭގައިކަން ސާމިހުގެ ވާހަކައިގައި ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މި ހާދިސާގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ، އިންޑިއާގެ 08 ރައްޔިތަކާއި ބަންގްލަދޭޝަަށް ނިސްބަތްވާ 02 މީހުން ކަމަށެވެ. އަދި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު އާއިލާއިން ބޭނުންވެގެން ފޮނުވާފައިވާއިރު އެހެން މީހުންގެ ހަށިގަނޑުތައް ވެސް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ.

ހާދިސާގައި އަނިޔާވި، އެކަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގަ އެވެ.

އިތުބާރު ހުރި މަސްދަތުރަކުން “ސަންގު” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގަރާޖުގެ ހިދުމަތް ދިނުމަށް އެތަނުން ދެ ފަހަރެއްގެ މަތީން ސިޓީ ކައުންސިލަށް ހުއްދައަށް އެދި ހުށަހެޅި އެވެ. ނަމަވެސް އެފަދަ ތަނެއް ހިންގުމަށްޓަކައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ނުވާތީ، ކައުންސިލުން ނިންމީ އެ ހުއްދަ ނުދިނުމަށެވެ. އަދި އިމާރާތް ކުރުމުގެ ހުއްދައަށް އެދޭއިރު، އެކަމުގެ ކުރެހުން ހުށަހަޅަން ޖެހޭއިރު އެފަދަ އެއްވެސް ލިޔެކިއުމެއް ވެސް ތަނުން ހުށަހަޅާފައި ނެތެވެ. އަދި ބިދޭސީން ބަހައްޓާތަނުގެ ހުއްދައެއް ވެސް ހޯދާފައި ނެތެވެ.

އަލިފާނުގެ ހާދިސާ ހިނގި ގަރާޖު ހިންގަމުން އައީ ހުއްދައެއް ނެތިކަން މިއަދުގެ ޕްރެސްގައި ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: