ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިރުފެހިގޭގައި ހިންގަމުން ދިޔަ ގަރާޖު ހިންގުމުގެ ހުއްދަ ދެވިފައިވަނީ ހުޅުމާލޭގައި ގަރާޖު ހިންގުމަށް: ފުލުހުން

މާލޭގައި ހުރި ގަރާޖެއްގައި އަލިފާން ރޯވުމާއެކު ސިފައިން އަލިފާން ނިއްވަނީ. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިރުފެހިގޭގައި ހިންގަމުން ގެންދިޔަ ގަރާޖު ހިންގުމުގެ ހުއްދަ އޭއެސްއެމް ގަރާޖުގެ ނަމުގައި ދީފައިވަނީ ހުޅުމާލޭގައި އެކަން ކުރުމަށް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

މ ނިރުފެހި ގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރަމުން ފުލުހުން ބުނެފައިވަނީ ނިރުފެހިގޭގައި ގަރާޖު ހިންގަމުން ދިޔައީ ގަވާއިދާ ހިލާފަށް ކަމަށެވެ.

ހާދިސާ ހިނގިވަގުތަކު އެގޭގައި 26 މީހަކު ތިބިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ އިމާރާތުން ނުނިކުމެވިފައި ތިބި ކަން އެނގި އެމީހުން އެ އިމާރާތުން ނެރުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ ފަރާތުން އަލިފާންގަނޑު ކޮންޓްރޯލްކޮށް އިމާރާތުގެ އެތެރޭގައި ތިބިމީހުން ސަލާމަތް ކުރުމަށް ކުރެވުނު މަސައްކަތުން ދިރި ހުރިކަމަށް ފާހަގަކުރެވުނު ދެމީހަކު ވަގުތުން އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން ދަނިކޮށް އެތަނުން އެކަކު ނިޔާވި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ދެވަނަ މީހާއަށް އަދިވެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެވެމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާ އާ ގުޅިގެން އެހީތެރިކަން ބޭނުންވި އެންމެހާ ފަރާތްތަކަށް ވަގުތުން އެހީތެރިކަމާއި ފަރުވާ ދެމުންދިޔަ ކަމާއި މިހާރުވެސް އެކަން އެގޮތަށް ކުރިއަށްދާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބުނު މައުލޫމާތުގެ އަލީގައި މ ނިރުފެހިގެ އަކީ ދެ ފަންގެފިލާގެ މައްޗަށް ކޮށްފައި ހުރި އިމާރާތެއް ކަމަށާއި ދެވަނަ ފަންގިފިލާގައި މީހުން ދިރިއުޅުމަށް ގިނަ ކޮޓަރިތަކެއް ހަދާފައި ހުރިކަން ހާމަވާ ކަމަށެވެ.

ނިރުފެހިގޭގައި ހުރި ކޮޓަރިތަކާއި ޑެކް އަޅާފައިވަނީ ލަކުޑިން ކަމަށާއި އިމާރާތުގެ ގްރައުންޑް ފްލޯގައި ގަރާޖުގެ މުވައްޒަފުން ދިރިއުޅޭ ކޮޓަރިއެއް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުރަތަމަ ފަންގިފިލާގައި ހަތަރު ކޮޓަރި އާއި ދެވަނަ ފަންގިފިލާގައި އަށް ކޮޓަރި ހުރިކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުންބުނީ ނިރުފެހިގޭގައި ހުރި ހުރިހާ ކޮޓަރިތަކުގައި ވަކިން ކައްކާ ކެވޭ ގޮތަށް ހުރި ކަަމަށެވެ.

ނިރުފެހިގޭގައި 2005 ވަނަ އަހަރުގެ މެއި މަހު އަލިފާނުގެ ހާދިސާއެއް ހިނގައިފާ ވާކަމަށާއި އެ ހާދިސާގެ ތަހުގީގުގައި ދެފަރާތުން މައްސަލަ ހައްލުކުރުމަށް ބޭނުންވާތީ އެފުރުސަތު އެފަރާތަށް ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިފަހަރު އެގޭގައި ރޯވި އަލިފާނާއި ގުޅިގެން އެމައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: