ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާދިސާ ހިނގިވަގުތު ގަރާޖުގެ މައިދޮރު ހުރީ ބޭރުން ތަޅުލާފަ: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

މ ނިރުފެހިގޭގައި އަލިފާނުގެ ހާދިސާ ހިނގިވަގުތު އެގަރާޖަށް ވަންނަ މައިދޮރު ހުރީ ބޭރުން ތަޅުލާަފައި ކަމަށް ފުލުހުން ބުނެފިއެވެ.

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރުމަށް ފުލުހުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ހާދިސާ ހިނގާފައިވަނީ ކުއްލިއަކަށް ބާރު އަޑުފައްގަނޑަކާއެކު ގަރާޖުގެ ތެރެއިން ހުޅުފަޅައިގެން ގޮސްގެން ކަމަށެވެ.

އަލިފާން ރޯވުމާއެކު އަލިފާނުގެ ހުޅުގަނޑު އިމާރާތުގެ އެހެން ބައިތަކަށް ފެތުރިގެން ދިޔަކަމަށާއި އެހިސާބުން މުޅި އިމާރާތުގައި ރޯވެ އެކީ އަނދައިގެން ދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަލިފާނުގެ ހުޅު ފުރަތަމަ ހިފާފައިވަނީ 00.26 ވަނަ މިނެޓްގައި ކަމަށާއި އެހެން ބައިތަކަށް އަލިފާންގަނޑު ފެތުރުމުގައި ގާތްގަނޑަކަށް ހޭދަވެފައިވަނީ ދޮޅުމިނިޓެއްހާއިރު ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިހާދިސާގައި މިހާތަނަށް ބަންގްލަދޭޝް އަށް ނިސްބަތްވާ 2 މީހަކާއި އިންޑިއާ އަށް ނިސްބަތްވާ 8 މީހަކު ހިމެނޭހެން ޖުމްލަ ދިހަ މީހަކު ވަނީ ނިޔާވެފައެވެ. އެގޮތުން މިހާތަނަށް އިންޑިއާގެ ތިން ރައްޔިތެއްގެ ހަށިގަނޑު އާއިލާ އާ ހަވާލު ކުރުމަށް އެގައުމަށް ފޮނުވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހާދިސާގައި ނިޔާވި މީހުންގެ ހަށިތައް އާއިލާ އާ ހަވާލުކުރުމަށް އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަކީ ހާއްސަ ތަހުގީގެއް ކަމަށާއި އެހެންކަމުން ތަހުގީގާއި ގުޅުން ހުރި މައުލޫމާތު ކުރިއަށްދާ ގޮތަށް ބަލައި ހިއްސާ ކުރަމުންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: