ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާއާއި ގުޅިގެން މިނިސްޓަރު ޝާހިދު އިންޑިއާ އަދި ބަންގްލަދޭޝްގެ އިސްވެރިންނަށް ގުޅުއްވައި ތައުޒިޔާ ވިދާޅުވެއްޖެ

ދ ގެ އާންމު މަޖިލީހުގެ ރައީސް، ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝް އަދި އިންޑިއާ ރައްޔިތުން ނިޔާވެފައިވާތީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ދެގައުމުގެ އިސްވެރިންނަށް ގުޅުއްވައި ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތާރީހުގައި ހިންގާފައިވާ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިންޑިއާ އަދި ބަންގްލަދޭޝް ރައްޔިތުން ހިމެނުމާއި އެކު، ޝާހިދުވަނީ އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓަރު ޑރ ޖައިޝަންކަރަށާއި، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ އޭކޭ އަބްދުލް މޮމެން އަށް ގުޅުއްވާފައެވެ.

މިނިސްޓަރު ޝާހިދުވަނީ އެ ނިޔާވި މީހުންގެ އާއިލާތަކަށް ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން ތައުޒިޔާ ރައްދު ކޮށްދެއްވުމަށް އެދިލައްވާފައެވެ. އަދި ހާދިސާ ހިނގާފައިވާ ގޮތުގެ ތަހުގީގުތައް ކުރަމުންދާ ވާހަކަ ވިދާޅުވެ، ޝާހިދުވަނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ޝާހިދުވަނީ އެ ގައުމުތަކުގެ ހައިކޮމިޝަންތައް މެދުވެރިކޮށް ރާއްޖޭގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: