ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާޖު އަލިިފާނުގެ ހާދިސާ: ޒިންމާ ނަގާނެ ފަރާތެއް ނެތް، މަސައްކަތްކުރަނީ ބޯ ދަމައިގަންނަން!

ގަރާޖުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ކަމާއި ބެހޭ އިދާރާތްތަކުގެ އިސްވެރިން ހަރަކާތްތެރި ވެފައިވޭ: ފޮޓޯ: ސަންގު -- މުހައްމަދު މާހި
ޝެއާރކޮށްލާ ކަހަލަދޯ؟

ވެހިކަލްތަކެއްގެ މަރާމާތުގެ މަސައްކަތް ކުރާ ގަރާޖެއްގައި ރޯވެ، ބުދަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގާ، ހާދިސާގައި 10 މީހުން ނިޔާވުމާއިއެކު ފެނުނީ އެއް މުވައްސަސާ އަނެއް މުއައްސަސާ އަދި، އެއް އިދާރާ އަނެއް އިދާރާއަށް އެކަމުގެ ޒިންމާ މަތިކުރަން އުޅުން މަންޒަރެވެ. ބޯދަމައިގަނެ އެއްބަޔަކު އަނެއްބަޔަކު ކުށްވެރިކުރަން އުޅުން މަންޒަރެވެ.

ހާދިސާ ހިނގުމާއިއެކު މިފަދަ ނުރައްކާތެރި ހާދިސާއަކަށް މަގުފަހިވާގޮތަށް ހަދާފައި ހުންނަ ތަންތަން، ބަލާ ފާސްކޮށް، ހުރީ ގަވާއިދުންތޯ ނުވަތަ ނުގަވާއިދުންތޯ ކަމާއި ބެހޭ އިދާރާތްތަކަށް ބަލައި ފާސްކުރެވިފައި ނެތީ ކީއްވެގެންތޯ ސުވާލުކޮށް، ފާޑުކިޔުން އަމާޒުކުރީ މާލެ ސިޓީ ކައުންސިލަށެވެ.

ކައުންސިލުން ދިފާއުގައި ހަތިޔާރު ނަގައި ކައުންސިލުގެ ދިފާއުގައި ވިދާޅުވީ ގަރާޖު ފަދަ ތަންތަން މީހުން އުޅޭ ސަރަހައްދުތަކުން ޢެހެންތަނކަށް ބަދަލުކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީއިން ހުއްޓުވީކަމަށެވެ. އެގޮތުން އިންޑަސްޓްރިއަލް ވިލެޖްއަކީ ކައުންސިލްގެ ރަޖިސްޓްރީގައި އޮތް ކައުންސިލުގެ ބިމެއް ނަމަވެސް، އިންޑަސްޓްރިއަލް ވިލެޖް ބޭނުންކުރުމަށް ހުރަސްތަކަކާއި ކުރިމަތިވެފައިވާކަމަށެވެ. އަދި އެ ސަރަހައްދު ޕްލޭނިން މިނިސްޓްރީގެ ބޭނުމަށް ނަގާފައިވާކަން ކައުންސިލަށް، ސަރުކާރުން އެންގިކަމަށް ބުނިއެވެ.

ކައުންސިލުން ބުނެފައިވާގޮތުގައި ބުރިޖު މަޝްރޫއަށްކަމަށް ބުނެ އިންޑަސްޓްރިއަލް ވިލެޖް އެއްކޮށް ސަރުކާރުގެ ބޭނުމަށް ނަގާފައިވާކަމަށް ބުނި ނަމަވެސް، ތަނުގެ ބޮޑު ބައި އޮތީ ބޭނުންނުކޮށެވެ. އެތަނަށް ގަރާޖާއި، ވޯކްޝްޕްތައް ބަދަލުކުރެވޭނެ ޖަގާވެސް އެބަ އޮތްކަމަށެވެ. ކައުންސިލުން ގަބޫލުކުރާ ގޮތުގައި ސަރުކާރުން މިކަމަށް ހުރަސްއެޅީ އިންޑަސްޓްރިއަލް ވިލެޖް އަށް ގަރާޖު އަދި ގުދަންތައް ބަދަލުކުރުމުން ރައްޔިތުންނަށް ފަސޭހައެއްވެދާނެތީއެވެ.

މާލޭގެ ގަރާޖެއްގައި ރޯވި އަލިފާންގަނޑު ފޮޓޯ:ވަގުތު

ހުރިހާ ގަރާޖުތަކާއި ވޯކްްޝޮޕްތަކެއް ތިލަފުއްޓަށް ބަދަލުކުރުމާއިމެދު، މޭޔަރު މުއިއްޒު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ކައުންސިލުން ބޭނުންވީ މާލޭގައި މިފަދަ ތަންތަން ހުރުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކޭތީކަމަށެވެ. އަދި މިފަދަ ހުރިހާ ތަނެއް ތިލަފުއްޓަށް ބަދަލުކުރުމުން މާލެއަކީ ވާބަލް ސިޓީއަކަށް ނުވާނެކަމަށެވެ.

ކައުންސިލުން އިތުރަށް ބުނެފައިވަނީ ނުގަވާއިދުން ހިންގާ މިފަދަ ތަންތަން ކައުންސިލަށް ނުބެލެހެއްޓޭކަމަށް ވިދާޅުވާއިރު، ކައުންސިލްއިން ދީފައި އޮންނަ ހުއްދައާއި ހިލާފަށް ވިޔަފާރިއާއި ގުޅޭ ހުއްދަތައް ސަރުކާރުގެ ބައެއް ވުޒާރާތަކުންދޭކަމަށާއި، މިފަދަ ހިތާމަވެރި ހާދިސާތައް ގިނަ ވަނީ ކައުންސިލްގެ ހުއްދައަށް ނުބަލައި ހުއްދަތަށްދޭތީކަމަށެވެ. އަދި މިކަންކަން ހުއްޓުވުމަށް ގޮންޖެހުން ކުރިމަތިވާ ސަބަބަކީވެސް އެއީކަމަށް ބުނެފައިވެއެވެ. ކައުންސިލުން ބުނެފައިވަނީ މިފަދަ ކަންކަމަށް ހައްލެއް ގެނެވޭނީ ތަންފިޒީ އިދާރާތްތަކުގެ އެއްބާރުލުން ލިބިގެންކަމަށެވެ.

ގަރާޖެއް ހުރި އިމާރާތެއްގައި ހިގައިދިޔަ މި ހާދިސާގައި ގިނަ ބަޔަކު ކުށްވެރިކުރީ ގަރާޖެވެ. ގަރާޖުގެ ވެރިންނެވެ. ގަރާޖާއި ގުޅޭ މައުލޫމާތު ހޯދުމަށް ކުރި މަސައްކަތުން ހާމަވީ އެ ގަރާޖަކީ ނުގަވާއިދުން ހިންގި ގަރާޖެއްކަމެވެ. އަދި އިތުބާރު ހިފޭ މަސްދަތުތަކުން “ސަންގު” އަށް މައުލޫމާތު ދިން ގޮތުގައި ގަރާޖު ހިންގުމަށް ބޭނުންވާ ހުއްދަ ހޯދުމަށް މަސައްކަތްކޮށްފައިވީ ނަމަވެސް އެފަދަ ހުއްދައެއް ދޫކުރުމަށް ބޭނުންވާ ޝަރުތުތައް ގަރާޖުގައި ފުރިހަމަނުވާތީ ހުއްދަ ދޫނުރިކަމެވެ.

މާލޭގައި ހުރި ގަރާޖެއްގައި އަލިފާން ރޯވުމާއެކު ސިފައިން އަލިފާން ނިއްވަނީ. ފޮޓޯ: ވަގުތު

ގަރާޖެއް ހުރި އިމާރާތެއްގައި ހިގައިދިޔަ މި އަލިފާނުގެ ހާދިސާގައި އޮތީ ހަމައެކަނި ގަރާޖު ނުގަވާއިދުން ހިންގި މައްސަލައެއްނޫނެވެ. 2 ބުރިއަށް ނަގާފައި ހުރި އެ އިމާރާތުގައި ކުޑަ ގޮޅިތަކެއްގައި ކަންކާ ކެވޭ، ގޮތަށް ގޭސް ފުޅިތަކެއް ބަހައްޓާ، ބިދޭސީންނަށް ލޭބަރ ކުއާޓާ ދޫކުރި މީހަކުވެސް މިކަމުގައި ޒިންމާވާންޖެހޭނެއެވެ.

މި ހާދިސާގައި ނިޔާވި 10 މީހުންނަކީ ބިދޭސީންކަމަށްވާއިރު، މިކަން ހިގައިދިޔަ ސަބަބެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރީ ބިދޭސީ މަސައްކަތްތެރިންނަށް އެމީހުން ގެންނަ ފަރާތްތަކުން އިހުމާލުވުމެވެ. ފަރުދީ ޒިންމާ އެއްކިބާގައި ބޭއްވުމަށްފަހު ކުށްވެރިކުރީ ހަމަ މާލެ ސިޓީ ކައުންސިލެވެ. ސިޓީ ކައުންސިލުން ކުރަންވީ ކަމަކީ ކައުންސިލްގެ ޒިންމާ އަދާކޮށް ގަރާޖްތަކާއި ވޯކްޝޮޕްތައް ގަވައިދާ އެއްގޮތަށް ހިންގާތޯ ބެލުންމަށް ފާހަގަކުރިއެވެ.

ސިޓީ ކައުންސިލުން ރައްދުގައި ބުނީ ބިދޭސީން ދިރިއުޅޭ ތަންތަނާ ބެހޭ ސާވޭއެއް ހަދައި ކަމާބެހޭ މިނިސްޓްރީތަކަށް ހުށަހެޅިންކަމަށާއި، ނަމަވެސް މިނިސްޓްރީ އިން ސަމާލުކަން ނުދިންކަމަށެވެ. ނަމަވެސް ޟިނިސްޓްރީން ބުނަނީ ކައުންސިލުން ޢެފަދަ ސާވޭއެއްކޮށް ހިއްސާކޮށްފައި ނުވާ ކަމަށެވެ

މާލޭގެ ގަރާޖެއްގައި ރޯވި އަލިފާންގަނޑު، ފޮޓޯ: ވަގުތު

ސިޓީ ކައުންސިލުގެ މި ހުރިހާ ވާހަކަތަކަކުން ރެކި، ބޯދަމައިގަތުމުގެ މަސައްކަތް ދެން ފެށީ ޕްލޭނިން މިނިސްޓްރީއިންނެވެ. ނެޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރާއްޖޭގެ އޮންލައިން މީޑިއާއަކަށް މައުލޫމާތުދެއްވާ ވިދާޅުވީ އެީ މިކަމުގައި ކަން ހިގައި ދިޔަ ގޮތް ނޫންކަމަށާއި، ޒިންމާއިން ރެކެން މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު މަސައްކަތްކުރައްވާކަމަށެވެ. އިންޑަސްޓްރިއަލް ވިލެޖްއަށް ގަރާޖުތައް ބަދަލުކުރުން ޕްލޭނިން މިނިސްޓްރީއިން ހުއްޓުވީކަމަށް ސިޓީ ކައުންސިލުން ބުނެފައިވާތީ އަކްރަމް ވިދާޅުވީ އެއީ އެއްވެސް އިރަކު ކައުންސިލްގެ ތަނެއް ނޫންކަމަށެވެ

. އަކްރަމް ވިދާޅުވެފައިވާގޮތުގައި ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރަން ފެށި ނަމަވެސް އެކަމަށް އަދި ދެ އަހަރެއްހާ ދުވަސް ނަގާނެކަމަށެވެ. އެއީ ކިއްވެގެންތޯ ސާފުކުރުމަށް “ސަންގު” މަސައްކަތްކުރި ނަމަވެސް އެކަން ސާފުވާ ގޮތެއްނުވިއެވެ.

އޭގެ ކުރިން ކައުންސިލުން ޒިންމާތައް އަދާކުރަންޖެހޭކަމަށް ބުނެފައިވާއިރު، ހިތާމަވެރި ހާދިސާއެއް ހިނގާނީ ކޮން އިރަކުން ކިހިނެއްކަމެއް ނޭގެއެވެ. ޖުމްހޫރީ ދުވަހާއި ގުޅިގެން ދެއްކެވި ވާހަކައިގައި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ މީގެ ހަތަރު އަހަރުކުރިން މިނިވަންކަމާ ޙައްޤުތަށް ނިގުޅައި ގަނެވޭނީ، ކޮންއިރަކު، ކާކުގެ ކަމެއް، ހަމަ އެކަކަށް ނޭގޭކަމަށެވެ. ނަމަވެސް މިއަދުވެސް ހާލަތު މިއޮތީ އެހެންނެވެ. ސަރުކާރުގެ ވުޒާރާތަކުންނާއި، މުއައްސަސާތަކާއި އިދާރާތަކުން ކަށަވަރުކުރަންޖެހޭ ކަންތައްތައް ކަށަވަރުކޮށްފައިނުވާތީ މިއަދުވެސް ޙައްޤުތަށް ނިގުޅައި ގަނެވޭނީ، ކޮންއިރަކު، ކާކުގެ ކަމެއް، ހަމަ އެކަކަށްވެސް ނޭގެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: