ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދާ އުފުލާ ދޯންޏެއް ބަންޑުންޖަހާލައި، މީހަކު ގެއްލިގެން ހޯދަނީ

އެމްއެންޑީއެފް ކޯސްޓް ގާޑު... ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

މުދާ އުފުލާ ދޯންޏެއް ބަންޑުންޖަހާލައި އެ ދޯނިން ދަތުރުކުރި މީހަކު ގެއްލިގެން ހޯދަންފަށައިިފިއެވެ،

އެ ހާދިސާ އާއި ގުޅޭ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނި ގޮތުގައި ގދ ވާދޫ ކުޑަ ކަނޑާއި ދިމާލުން 12 ބޭލުން މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރުފަހު 1.25 ގައި ކަމަށެވެ.

ބަންޑުންޖަހާލި ދޯނި ކައިރީގައި ވާދޫ ސީވީޑް ނަމަކަށް ކިޔާ ދޯންޏެއް ހަރަކާތްތެރިވެފައިވާ ކަމަށާއި ބަންޑުން ޖަހާލި ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ވަނީ ސީވީޑް ދޯނިން ސަލާމަތްކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި ބަންޑުން ޖަހާލި ދޯނީގައި ތިބި މީހުންގެ ތެރެއިން އެކަކު ގެއްލިފައިވާ ކަމަށާއި ގެއްލިފައިވަނީ ބިދޭސީއެއް ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ ގދ ފަރެސްމާތޮޑާއިން ފުރައިގެން 4 މީހުންނާއެކު 14 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ލިއޯ ސަކްސަސް ނަމަކަށް ކިޔާ ލޭންޑިންގ ކްރާފަޓެއްގެ ބެޓެރި ފެއިލްވެ ދިޔަވުމުގެ ސަބަބުން ބަންޑުން ޖަހާލައި މީހަކު ގެއްލުމުގެ ސަބަބުން އެމީހާ ހޯދުމަށް އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ،

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: