ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓަސްއެޕް ގުރޫޕަށް މެސެޖު ނުކުރެވޭ ގޮތް ހެދުން، ފައްޔާޒު ވިދާޅުވީ އެއީ އިދާރީ ބަދަލެއް ކަމަށް!

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން، ރައީސް ނަޝީދު އަދި ރައީސް ސާލިހާއި، ފައްޔާޒް އިސްމާއީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓަސްއެޕް ގުރޫޕަށް މެސެޖު ނުކުރެވޭ ގޮތް ހަދައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ގުރޫޕަށް މެމްބަރުންނަށް މެސެޖު ނުކުރެވޭ ގޮތް ހަދާފައި މިވަނީ އެމްޑީޕީ ދެ ފެކްޝަނަށް ބެހި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓަސްއެޕް ގުރޫޕަށް މެސެޖު ނުކުރެވޭ ގޮތް ހެދީ ޕާޓީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ކަމަށް ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވެއެވެ. އެގޮތުން ވަޓަސްއެޕް ގުރޫޕަށް މެސެޖު ނުކުރެވޭ ގޮތް ހެދުމަކީ ގައުމީ މަޖިލީހުގެ މެމްބަރުންނަށް ކަންކަމުގައި ބަހުސް ކުރުމަށް އޮތް ދޮރު ބަންދު ކުރުން ކަމަށް ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީޙުގެ މެމްބަރުން ތިއްބަވާ ވަޓަސްއެޕް ގުރޫޕަށް މެސެޖު ނުކުރެވޭ ގޮތް ހެދި ސަބަބު ސާފު ކުރުމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްލާއީލްއަށް ”ސަންގު“ އިން ގުޅުމުން ފައްޔާޒް ވިދާޅުވީ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓަސްއެޕް ގުރޫޕަށް މެސެޖު ނުކުރެވޭ ގޮތް ހެދުމަކީ އިދާރީ ގޮތުން ގެންނެވި ބަދަލެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ގައުމީ މަޖިލީހުގެ ވަޓަސްއެޕް ގުރޫޕަކީ ޕާޓީގެ އެކިއެކި ކަންކަމާއި ގުޅޭ ގޮތުން އިދާރީ ގޮތުން އަންގަން ޖެހޭ އެންގުންތަކާއި ދޭން ޖެހޭ މމުހިންމު މައުލޫ،ާތުތައް މެމްބަރުންނާއި ހިއްސާ ކުރުމަށް ހަދާފައިވާ ގުރޫޕެއް ކަމަށާއި އެ ގުރޫޕަކީ ކަންކަމުގައި ބަހުސް ކުރުމަސް ހަދާފައިވާ ގުރޫޕެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ނުގުޅޭ އެކިއެކި ކަންކަމުގައި އެއްމެމްބަރަކު އަނެއް މެމްބަރަކަށް ގުރޫޕުގައި ސުވާބުކޮށް ހެދުމުގެ ސަބަބުން އިދާރީ ގޮތުން އަންގާ އެންގުންތަކުގެ މައުލޫމާތު މެމްބަރުންނަށް ލިބުމުގައި ދަތިތަކާއި ދިމާވާ ކަމަށާއި ވަޓަސްއެޕް ގުރޫޕަސް މެސެޖު ނުކުރެވޭ ގޮތް ހެދި ނަމަވެސް ޕާޓީގެ ކަންކަމުގައި މަޝްވަރާ ކުރެވޭނެ އެހެން މަގުތައް ހުންނާނެ ކަމަށެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ލީޑަރ އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއަށް ތާއިދުކުރައްވާ މެމްބަރުންގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކަށް ބޮޑެތި ތުހުމަތުތައް ކުރައްވައި މެސެޖު ކުރައްވާ ހައްދަވައެވެ. އޭގެތެރޭގައި ވައްކަމާއި ކޮރޮޕްޝަންގެ ތުހުމަތުތަކާއި ޒިނޭގެ ތުހުމަތުގެ އިއުތުރުން ސަރުކާރުގެ ނުފޫޒުން އެކިއެކި ކަންކަން ކުރާ ކަމުގެ ތުހުމަތު ކުރެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: