ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2 މިސްކިތް އަދި ހުޅުމާލޭގައި 5 ސުކޫލު އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2 މިސްކިތް އަދި ހުޅުމާލޭގައި ސުކޫލު 5 އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ ސަންފްރޮންޓާއިއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފްއެވެ. ސަންފްރަންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރަޝާދު އާދަމެވެ.

އެޗްޑީސީ އިން ބުނެފައިވަނީ ސަންފްރަންޓުން ހުޅުމާލޭގައި އަލަށް ބިނާ ކުރަން ނިންމާފައިވާ މިސްކިތަކީވެސް ޒަމާނީ އަދި އިސްލާމީ ތަރިކަ ރަމްޒް ކޮށްދޭ ފަރުމާއަކަށް ކުރެހިފައިވާ ރީތި މިސްކިތެއްކަމަށާއި، 22،935 އަކަފޫޓުގެ ބިމެއްގައި ބިނާކުރެވޭ މި މިސްކިތަކީ އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓަށް މިސްކިތުގެ ބޭރުގައި އީދު ފަދަ މުނާސަބަތުގައި ސަލާން ގަލާން ކުރުން ފަދަ ހަރަކާތްތަކަށް ރައްޔިތުންނަށް ޖާގަ ލިބޭނެ ޒަމާނީ މިސްކިތެއްކަމަށެވެ.

އެޗްޑީސީ އިން މައުލޫމާތުދެއްވާފައިވާ ގޮތުގައި މި މިސްކިތުގައި އަންހެނުންނަށް އެކަހެރިކޮށް ވުލޫކުށް ނަމާދު ކުރެވޭނެއެވެ. އަދި އިރުގެ ހަކަތަ، މި މިސްކިތުގައި ބޭނުންކުރެވޭއިރު، މި މިސްކިތުގެ އެތެރޭގައި އެއްފަހަރާ 2000އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެއެވެ.

މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4 ޕަބްލިކް ސުކޫލު އެޅުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެކު، އެޗްޑީސީ އިން މިއަދު އެއްބަސްވެފައިވާއިރު، އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ.

އެޗްޑީސީ އިން ބުނެފައިވަނީ މިއީ ސަރުކާރުގެ ވަށާޖެހޭ ތައުލީމްގެ ހަރުދަނާ ސިޔާސަތުގެ ދަށުން ހިންގާ މަޝްރޫއެއްކަމަށެވެ.  ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޓީމާއިއެކު ކުރެވުނު މަޝްވަރާތަކާއިއެކު މި ހަތަރު ސްކޫލް ބިނާ ކުރުމަށް ސަރަހައްދުތައް ކަނޑައެޅިފައިވަނީ ރައްޔިތުން އާބާދުވެ ދިރިއުޅެން ބިނާ ކުރެވޭ އިމާރާތްތަކާއި ގާތުގައިކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ

އެޗްޑީސީ އިން ފާހަގަކޮށްފައިވާ ގޮތުގައި ެ. ދެވަނަ ފިޔަވަހީގެ މެދުތެރެއަށް ވާނެހެން ސްކޫލްތައް ބިނާކުރެވިގެން ދިޔުމުން މުޅި ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ފަސޭހަ ކަމާއިއެކު ސްކޫލަށް ދިޔުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި މި ސްކޫލްތަކުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ދިރިއުޅުމަށް ނިންމާފައިވާ ރައްޔިތުންނާއި އަދި ދިރިއުޅުމަށް އުންމީދު ކުރާ ރައްޔިތުންނަށް އެ ފަރާތްތަކުގެ ދަރިންނަށް ފެންވަރު ރަނގަޅު ތައުލީމެއް ސަރުކާރުގެ ބެލުމުގެ ދަށުން ދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެއެވެ.

މި ހަތަރު ސުކޫލުގެ ބޮޑު މިންވެސް 50،000 އަކަފޫޓަށްވުރެ ބޮޑުވާނެއެވެ.

ހުޅުމާލެގައި ސުކޫލެއް އެޅުމުގެ މަސައްކަތް ކުރުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އައިލެންޑަރސް އެޑިއުކޭޝަންގެ އާއިއެކުއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އަދި އައިލެންޑަރސް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން އަބްދުލް ރަޝީދެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލެއް ހުޅުމާލެ ފޭސް 2ގައި ބިނާކުރެވިގެންދާނެކަމަށް އެޗްޑީސީއިން ބުނެފައިވާއިރު، ި މި ސްކޫލް ވެގެންދާނީ ކައުންސިލް އޮފް ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލްސް ގެ ފަރާތުން އެކްރެޑިޓްކޮށްގެން ބައިނަލް އަގްވާމީ ފެންވަރުގައި ހިންގޭނެ ސްކޫލަކައްކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

މިއީ 48،556.81 އަކަފޫޓުގެ ސުކޫލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: