2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެވަޑައިގެން ”ބަޔަސް ނުބެޔަސް“ ވަޢުދު ދިޔައީ ފެނަށްކަމަށް، ރައްޔިތުންގެ މަޖިލީހުގައި ޕީޕިއެމް ތަމްސީލުކުރައްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު (ސެމްބެ) ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ހިއްސާ އޮންނަ ހޮރައިޒަން ފިޝަރީޒްގެ ފަރާތުން މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ ދިނުމަށް އެދި މިއަދުގެ މަޖިލީަހަށް ހުށައަޅާފައިވާ ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން މުޙައްމަދު ލަޠީފު ވިދާޅުވީ މަސްވެރިންގެ މައްސަލަތަކަށް ހައްލު ނުލިބެނީ ސަރުކާރުތަކުގެ އިހުލާތެރިކަން ރައްޔިތުންނަށް ނެތީމައިކަމަށެވެ.
މުޙައްމަދު ލަޠީފު ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދައުރު ނިމުމާއިއެކު، މި މަޖުތަމައުގެ ތެރޭގައި މަސްވެރިން އެއްވެސް ބަޔަކަށް ނުވިކަމަށެވެ.
މަސްވެރިންނަކީ އެއީ އެއްވެސް ބަޔަކަށް މި މުޖުތަމައުގެ ތެރޭގައި އެއާ އެއްވެސް ސަރުކާރަކުން ނެހެދި ނެހެދުން މިއަދު މިޖެހެނީ މަސްވެރިން ސަލާންޖަހަން
މުޙައްމަދު ލަޠީފު ވިދާޅުވީ ވަކި ސަރުކާރެއް ނެތި، މިކަމުގައި ޒިންމާވާންޖެހޭކަމަށާއި، އެހެންކަމުން މިއަދު މިއޮތް ސަރުކާރުންވީ ވައުދުތައް ރައްޔިތުންނާއި ހަމައަށް ތިލަކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އޭގެ ތެރެއިން މިއަދު ފިޝަރީސް މިނިސްޓަރުކަމުގައި ހުންނެވި ހަސަން ރަޝީދު ވަގުތުން ވަގުތަށް ބޭރުކުރަންޖެހޭކަމަށެވެ. މިކަމަށް މިނިސްޓަރުގެ ޝައުގުވެރިކަން ނެތްކަން މަސްވެރިންވެސް އެބަ ފާހަގަކުރޭކަމަށް މުޙައްމަދު ލަޠީފު ވިދާޅުވިއެވެ.
މަސްވެރިން ބާނާ މަހަށް ހަމައަގު ނުލިބި 15 އަށްވުރެ ގިނަ އަހަރުވެއްޖެކަމަށް ފާހަގަކޮށް، މުޙައްމަދު ލަޠީފު ސުވާލުއުފެއްދެވީ މިކަން ހައްލުކުރުމަށް ސަރުކާރުތަކުން އިސްނަގައިގެން ކުރި ކަންތައްތަކާއި މެދުއެވެ. އެގޮތުން ރައީސް ޔާމީން ވެވަޑައިގެން ”ބެޔަސް ނުބެޔަސް“ ވައުދުވެސް ދިޔައީ ފެނަށްކަމަށާއި، މި ސަރުކާރުންވެސް އެތައް ވައުދެއްވެއްޖެކަމަށާއި، ނަމަވެސް މިކަންކަން ތަންފީޒްކުރުމަށް މަސްވެރިންނާއި ހަމައަށް ނުދާކަމަށް މުޙައްމަދު ލަޠީފު ވިދާޅުވިއެވެ.

