ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯރަމް ހަމަނުވުމުން، ޓެކްސް ބިލަށް ވޯޓަށް ނޭހި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށައެޅުއްވި ބިލަށް މިއަދު ވޯޓަށް އަހަން ތާވަލްކޮށްފައިވީ ނަމަވެސް، ކޯރަމް ހަމަނުވުމުން ވޯޓަށް ނާހައި މަޖިލީސް ނިންމާލައިފިއެވެ.

އެ ބިލަށް ވޯޓު ނަގަން ތާވަލުކޮށްފައިވާ މަޖިލީހުގެ ދަންފަޅީގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ޓެކްސް ބިލަށް ވޯޓަށް އަހަން ބޭނުންވާ ވަރަށް މަޖިލީހުގައި ކޯރަމް ނެތް ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު އަފީފް ވަނީ މަޖިލީހުގެ ޖަލްސާ ނިންމަވާލާފައެވެ.

އެއާއިއެކު މި ބިލު ފާސްކުރުމަށް ބޭނުންވާ މެންބަރުން ގެންދެވީ ތަޅުމުގައި އަޑުގަދަ ކުރައްވަމުންނެވެ. އެއީ އެމްޑީޕީގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރައްވާ، ސަރުކާރު ފެކްޝަނުގެ މެންބަރުންނެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުން އޭގެ މައްޗަށް އަމަލުކުރުން ލާޒިމް ބިލްތަކަށް މަޖިލީހުގައި ވޯޓަށް އެހޭނީ ޖަލްސާގައި މަޖިލިސް މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުން ތިއްބަވައިގެންނެވެ. އެއީ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 59 މެންބަރުންނެވެ.

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ހުށައެޅުއްވި ބިލު، ސަރުކާރުން ހުށައެޅުއްވި ގޮތަށް އެއްވެސް އިސްލާހަކާއި ނުލައި މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 31 ގައި ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައެވެ. މި ބިލު މަޖިލީހުން ފާސްކުރުމަށްޓަކައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫފުން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރަން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ދެކޮޅު ހައްދަވައެވެ. އެގޮތުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވާ ގޮތުގައި ޓެކްސް ބޮޑު ކުރަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. ހާއްސަކޮށް އާންމު ރައްޔިތުން ދައްކަން ޖެހޭ ޖީއެސްޓީ ބޮޑު ކުރުމަކީ މިހާރުގެ ހާލަތަށް ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެށް ނޫން ކަމަށް ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވެއެވެ.

މީގެއިތުރުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވާ ގޮތުން ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ސަރުކާރުން ކުރަން ޖެހޭ ކަމަކީ ސިޔާސީ މަގާމްތައް މަދުކޮށް ދައުލަތުގެ ހަރަދު ކުޑަކުރުމެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށް ބޮޑުކޮށް، ޖީއެސްޓީ 06 އިންސައްތައިން 08 އިންސައްތައަށް ބޮޑު ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވޯލްޑްބޭންކުގެ ރިޕޯޓްގައި އެކަންކުރަން 2024އެޑްވައިސް ކޮއްފަ އޮތަސް ސަރުކާރުން އަވަސް އަރުވާލާފަ އެކަންކުރަން ބޭނުންވަނީ އަންނައަހަރު ރިޔާސީއިންތިހާބަށް ވޯޓްހޯދަން އެތައް ސިޔާސީމަޤާމު ތަކެއްއަދިވެސް އުފައްދަން އިޤްތިސާދީގޮތުން މާބުރަދަނެއްނެއް ޕްރޮޖެކްތައް ހިންގަން އަދި އަމީރައްވެސް ފައްޔާޒައްވެސް އެނގޭ ޓެކްސްބޮޑުކޮއް ލާރި ޗާޕްކުރީމަ އިންފްލޭސަން އެތައްގުނަ އަކުން ބޮޑުވާނެކަން، އެކަން ޖަސްޓިފައިކިރަން ރަސިޔާ ހަނގުރާމެއޭ ކިޔޭނީވެސް 2023 އެކަނި މިހާރުވެސް ހަނގުރާމަ ހުއްޓެންދާތަން އެބަފެނޭ، މިދިޔަ 3 އެދުއްވާލީ ކޮވިޑޭ ގޮވަމުން، އެހެންވެ އަވަސް އަރުވާލާފަ މިއުޅެނީ، ހޮވުނަސް ނުހޮވުނަސް ވާވަރު ކޮއްލައިގެން އެތިބީ، މިދިޔަ 5އަހަރުގެ ގިނަ މިނިސްޓަރުންނާ އެމްޑީންނާ މެންބަރުން ހަމަ ކަމެއް ނުކޮއް ކުރިންހޯދި ލާރީގަ ފިޔަފާރިކުރުމާ އެންޖޯއިކުރުމުގަ މި ފަސްއަހަރު އެދުއްވާލަނީ، ދެންމިމީހުންގެ ވިސްނުމަކީވެސްއެއީ ހަމަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: