ޓެކްސް ބިލު ފާސްވެފައިވަނީ ހަނި އަގުލަބިއްޔަތަކުން ކަމަށާއި، އެކަމާއި މެދު ސަރުކާރުން ވިސްނަން ޖެހޭނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޓެކްސްގެ އަދަދުތައް އިތުރު ކުރުމަށް ސަރުކާރުން ހުށައަޅާފައިވާ ހުށައެޅުމަށް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓު 55 މެމްބަރުންގެ ވޯޓާއި އެކު ފާސްވުމާއި އެކު، ރައީސް ނަޝީދުވަނީ އެމަނިކުފާނު ހިތްހަމަޖެހިވަޑައިގެން ނެތްކަން ހާމަކުރައްވާ، އެފަދަ ވޯޓެއް ނެގިގެންދާއިރު، ފާސްވަނީ ބޮޑު އަގުލަބިއްޔަތަކުން ކަމަށް އިޝާރާތްކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، މި ބިލު ފާސްވެގެން އައިސްފައިވަނީ ހަނި އަގުލަބިއްޔަތަކުންކަމަށެވެ. އެހެންކަމުން ކަންކަން ތަންފީޒު ކުރުމުގައި އެހެނިހެން މެމްބަރުންގެ އިރުޝާދުތަކާއިމެދުވެސް ވިސައިގެން ކުރިއަށް ދިއުމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ރައީސް ނަޝިދުވަނީ ޓެކްސް ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުމަށް އިޝާރާތްކޮށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޓެކްސް ބޮޑު ކުރުމަށް ނިންމީ ދަރަނި ދައްކާނެ ނިޒާމެއް ގާއިމު ކުރުމަށް ކަމަށް ރައީސް ނަޝީދުވަނީ ސިފަކުރައްވާފައެވެ.

