ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާ ސުކޫލަށް އާ ޕްރިންސިޕަލަކު ނެގުން ޓްރިބިއުނަލުން ހުއްޓުވައިފި

އަރަބިއްޔާ ސްކޫލު/ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާ ސްކޫލަށް އައު ޕްރިންސިޕަލަކު އައްޔަނު ކުރުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހުއްޓުވައިފިއެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް ސްކޫލް ހިންގުމުގެ ޒިންމާތަކުން ދުރުކޮށް، އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާ ޒިންމާތައް ޙަވާލުކުރުމާއި ގުޅިގެން ވަޒީފާ އާއި ބެހޭ ޓްރިބިއުނަލްއަށް މުހައްމަދު ސުޖާއު ވަނީ އެ މައްސަލަ ހުށައަޅާފައެވެ.

މި މައްސަލައާއި ގުޅިގެން ޓްރިބިއުނަލުން ނެރުނު އަމުރުގައިވަނީ ސުޖާއު ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް މީހަކު ނުނެގުމަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގާފައެވެ. އަދި އަލަށް އެހެން ޕްރިސިޕަލެއް އައްޔަނުކުރުމުގެ މަސައްކަތެއްކުރަމުން ދަނީނަމަ އެކަން ހުއްޓާލުމަށްވެސް ޓްރިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.

އިދާރީ ބަދަލެއް ކަމަށް ބުނެ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކުރުމުން އެ ސްކޫލުގެ ބެލެނިވެރިން ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ. އިހުތިޖާޖުގައި ބެލެނިވެރިން ދިޔައި މިކަމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މިނިސްޓްރީއިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ. ނަމަވެސް އަރައްބިޔާ ސުކޫލުގެ ދަރިވަރުން ތައުލީމު ހާސިލްކުރުމަށް އެކަށީގެންވާ އިމާރާތެއް ދައުލަތުގެ ފަރާތުން ފޯރުކޮށްދީފައިނުވާކަމަށާއި، އަދި ކިޔެވުމަށް ބޭނުންވާނެ ވަސީލަތްތައްވެސް ދަރިވަރުންނަށް ފޯރުކޮށްދީފައިނުވާކަމުގެ ޝަކުވާ އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންނާއި، ޓީޗަރުންވެސް އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: