ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމް އާއި ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ތަކެތި ފެނިފައިވޭ: ފުލުހުން

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމް އާއި ދެކޮޅަށް ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބާރުގަދަ ގޮވުންތަކަށް ބޭނުންކުރާ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މާލެ އަތޮޅާއި އައްޑޫގެ ބައެއް ސަރަހައްދުގައި ހިންގި އޮޕްރޭޝަންގައި ފުލުހުން ވަނީ 14 މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރި މީހުންގެ ގެތަކުންނާއި އެމީހުން ބޭނުން ކުރަމުން ދާ ބައެއް ވެހިކަލްތަކާއި ޑިންގީއެއް ބަލައިފާސްކޮށް މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަތަކެތި އަތުލައިގަނެވިފައިވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުތި މީހެއް ދިރިއުޅޭ ގެއެއް ބަލައިފާސްކޮށް ނެގި އެކްސްޕްލޯސިވް ކެމިކަލް ކަމަށް ޝައްކުކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ގެ ފަރާތުން ޗެކްކުރުމުން އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯސިވްގެ މާއްދާތައް ހިމެނޭ ކަމަށް ދައްކާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިގޮތުން ސާމްޕަލްތަކުން ފެނުނު އެކްސްޕްލޯސިވްގެ ބާވަތްތަކަކީ މައިގަނޑު ގޮތެއްގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ހައި އެކްސްޕްލޯސިވްގެ ވައްތަރެއްކަމާއި، މަދު މިންވަރަކުން އިންސާނުންގެ ފުރާނައާއި މުދަލަށްބޮޑެތި ގެއްލުން ދެވިދާނެކަމަށް އެމްއެންޑީއެފް އީއޯޑީގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނިގޮތުގައި މި އެކްސްޕްލޯސިވްގެ މާއްދާތައް ހިމެނޭކަމަށް ދެއްކި ސާމްޕަލްތައް ރާއްޖެއާއި ރާއްޖެއިން ބޭރުން އިތުރަށް ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުންދާ ދާކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި 14 މީހުންގެ ތެރެއިން 5 މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ހައްޔަރުކުރި މީޙުންގެ ތެރެއިން 4 މީހެއްގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށް، ބާކީ ތިބި 5 މީހުންގެ ބަންދުގެ މުއްދަތަށް 5 ދުވަސް ވަނީ ޖަހާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: