ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުގެ މަސައްކަތް ހުއްޓިފައިވަނީ އެމްޑަބްލިޔުއެސްސީ އިން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ނުލިބިގެން: އާރުޑީސީ

އަމީނީ މަގު ހެދުމުގެ މަޝްރޫއު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވަނީ އެމްޑަބްލިޔު އެސްސީގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ހިދުމަތް އަޕްގްރޭޑް ކުރުމުގެ ވަސީލަތްތައް ލިބިފައި ނުވުމުގެ ސަބަބުން ކަމަށް ރޯޑް ޑިވޮލަވްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ވަނީ ބުނެފައެވެ.

އާރުޑީސީގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާގޮތުން އަމީނީ މަގުގެ މަސައްކަތަކީ ޕްލޭން ކުރެވި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓްގެ މަސައްކަތް ނިމި ތާރު އެޅުމަށް ރެޑީ ވެފައިވާ ކަމަށްވެސް އާރުޑީސީ އިން ވަނީ ބުނެފައެެވެ.

އަމީނީ މަގުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ބުނެ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މީގެ އިތުރުން މަގުގެ ފުރަތަމަ ހުޅުވާލުމަށް ހަމަޖެހިފައިވާ ބައިގައި ތާރުއެޅުން ފިޔަވައި އެހެން ހުރިހާ މަސައްކަތްތަކެއް ކޮށް ނިމިފައިވާ ކަމަށް ވެސް އާރުޑީސީގެ ފަރާތުން ވަނީ ބުނެފައެވެ.

އަމީނީމަގުގެ މަސައްކަތުގައި މަގުގައި ތާރުއަޅާނީ ހެންވޭރުން ފެށިގެން ގޮސް ބިލަބޮންގ ސްކޫލާ ހަމައަށް މަގުގައި ކުރަންޖެހޭ އެހެން މަސައްކަތްތައް ކޮށް ނިމުމުންކަމަށް އާރުޑީސީން ވަނީ ބުނެފައެވެ.

މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް ގެ ދަށުން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކުރީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އެހެންކަމުން އާރުޑީސީގެ ފަރާތުން ބުނެފައިވާ ގޮތުގައި އަމީނީ މަގުގެ މަސައްކަތް މުޅިން ނިންމާލެވޭނީ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 1.79 ކިލޯމީޓަރު (މުޅި މަގު)ގައި ތާރު އެޅުމާއި މަގުގައި ދުވާރު ހެދުމުގެ އިތުރުން ބަސް ހުއްޓި އާއި ޕާކިންގ ޒޯން އާއި ބަމްޕަރު ތަކުގެ އިތުރުން މަގުމަތީގެ ނިޝާންތައް ގާއިމްވެފައި ހުންނާނެއެވެ. އަދި މަގުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ފެން ހިންދާނެ ޕަމްޕް ވެސް ގާއިމް ކުރެވިފައި ހުންނާނެ ކަމަށް އާރުޑީސީ އިން ވަނީ ބުނެފައެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއަކީ މީގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރުމަށް ހަމަޖެހުނު މަސައްކަތެއް ނަމަވެސް ހައުސިން މިނިސްޓްރީގެ ފަރާތުން އެމަސައްކަތް ފަހުން ވަނީ އާރުޑީސީ އާ ހަވާލު ކޮށްފައެވެ. އާރުޑީސީ އާ އަމީނީ މަގު ހެދުމަށް ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: