ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރިތައް ހިންގުމުގެ ހުއްދަ ދެނީ!

އެޗްޑީސީ/ ފޮޓޯ:- އެމްވީ ޕްލަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ފަރާތްތަކުން ހުޅުމުމާލޭގައި އިމާރާތްކޮށްފައިވާ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް އެޗްޑީސީއިން ނިންމައިފިއެވެ.

އެޗްޑީސީއިން އާންމުކޮށްފައިވާގޮތުން އެޗްޑީސީގެ ނިންމުމަކީ ހުޅުމާލޭގައި ވިޔަފާރިތައް ކުރިއެރުވުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ. އެގޮތުން، ފިހާރަތަކާއި ރެސްޓޯރެންޓް އަދި އެހެނިހެން ހިދުމަތްދޭ ވިޔަފާރި ފުރަތަމަ ފަންގި ފިލާގައި ކުރެވޭނެކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން ވިޔަފާރި ކުރުމުގެ ހުއްދަ ދެވިފައިވާނަމަވެސް، ހުޅުމާލެގެ އިމާރާތްތަކުގެ ތިރީބަޔާއި ފުރަތަމަ ފަންގިފިލާގައި އިންޑަސްޓްރިއަލް އެއްވެސް ބޭނުމަކަށް ބޭނުން ކުރުމަކީ މަނާކަމެކެވެ. އެގޮތުން ގަރާޖާއި ގުދަން ފަދަ ތަންތަން ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ފަންގިފިލައިގައި ބިނާ ކުރުމަކީ މަނާ ކަމެއްކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން އެ ކުންފުނީގެ ނިންމުމަކީ، އިކޮނޮމިކް މިނިސްޓްރީގެ އެދުމުގެ މަތިން ނިންމާފައިވާ ނިންމުމެކެވެ. އިކޮނިމިކް މިނިސްޓްރީއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތަތަކެއް ކުރަމުންކަމަށާއި، އެކަން ކުރުމަށް އެ މިނިސްޓްރީއިންވަނީ ފަސޭހަކަމާއިއެކު ލޯނު ލިބޭނެ އިންތިޒާންވަނީ ހަމަޖައްސާފައިކަމަށްވެސް އެޗްޑީސީއިން ބުނެފައިވެއެވެ.

އެޗްޑީސީ އިން ބުނެފައިވާގޮތުން ފުރަތަމަ ފަންގިފިލާގައި ވިޔަފާކުރުމަށް ހުއްދަ ދިނުމުން ހުޅޫމާލޭގައި ތަފާތު ގިނަ ވިޔަފާރި އިތުރުވެ، ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ހިދުމަތްތަކެއް ލިބިގެންދާނެއެވެ. އަދި ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތަށް އެ ކުންފުނިން ފުރިހަމަ އެއްބާރުލުން ދެމުންދާނެކަމަށްވެސް އެޗްޑީސީއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: