ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އަބަދުވެސް ފާސް ކުރަނީ ޑެފިސިޓް ބަޖެޓެއް: އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އަބަދުވެސް ފާސްކުރާ ބަޖެޓަކީ ޑެފިސިޓް ބަޖެޓެއް ކަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށެވެ.

އިސްމާއިލް ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓަކީ ވޭތުވެދިޔަ ސަރުކާރުތަކުން އިހުމާލުވެފައިވާ ގާނޫނުން ލާޒިމް ކުރަން ބުނެފައި ހުރި އަސާސީ އެތައް ކަމެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮށް ނިންމުމަށް އަދަދު ކަނޑައެޅިފައިވާ ބަޖެޓެއް ކަމަށެވެ.

އިސްމާއިލް ވިދާޅުވިގޮތުގައި ރާއްޖޭގެ ބަޖެޓަކީ ލިބޭ އާމްދަނީ އާއި ކުރާ ހަރަދުގެ އަންދާޒާއަށް ބަލައިގެން ހުށައަޅާ ބަޖެޓެއް ކަމަށެވެ. އެހެންކަމުން ކޮންމެ އަހަރަކު ވެސް ފެންނާނީ ޑެފިސިޓް ބަޖެޓެއް ކަމަށެވެ.

ދަރަނި ދެެއްކޭނެ ގޮތެއް ނެތް ކަމާއި ރާއްޖެ ބަނގުރޫޓު ވެދާނެ ކަމުގެ ވާހަކަ އަކީ ސިޔާސީ ވާހަކަތަކެއްކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ މީގެ ދެ އަހަރު ކުރިން ވެސް ބަނގުރޫޓުވާ ވާހަކަ ދެއްކެވި ބޭފުޅުންނަށް ހީވާނީ ރާއްޖެ އޮންނާނީ ބަނގުރޫޓު ވެފައި ކަމަށެވެ.

ކޮވިޑުގެ ދުވަސްވަރު މަޖިލީހަށް މާލިއްޔަތު ގާނޫނަށް އޯވަރ ޑްރާފްޓް ފެސިލިޓީ އާ ގުޅޭގޮތުން އިސްލާހު ހުށައެޅުނު ކަމަށާއި އެދުވަސްވަރުގައި ވެސް މަޖިލީހުގައި ހާއްސަ ކޮށް ރިޔާސަތުން ވެސް 4.2 ބިލިއަން ރުފިޔާއިން ކުރިއަށް އޮތް ދެމަސް ދުވަހު އަސާސީ ކަންކަން ކުރެވިގެންދާނެ ކަމަށެވެ. އަދި އޭގެ އަނެއް މަހާއި އަހަރުތައް ފާއިތުވެދިޔަ އިރުވެސް ރާއްޖެ ބަނގުރޫޓް ވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ހިކުމަތްތެރިކަމާއެކު މިއަދު މިވަނީ 2019 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ހުރި ހާލަތަށް މިސްރާބު ހިފާފައި ކަމަށެވެ.

އިސްމާއިލް އިތުރަށް ވިދާޅުވި ގޮތުގައި މިދިޔަ ދެ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓްގައި ހިމަނާފައި އޮތް ފައިސާ ނުލިބޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާ ކަމަށެވެ.

ފާއިތުވެ ދިޔަ ދެ އަހަރު ހިލޭ އެހީ ނުލިބުމަކީ ސުވާލު އުފެދެންޖެހޭ ކަމެއް ނޫން ކަމަށް އިސްމާއިލް ވިދާޅުވިއެވެ. ސަބަބަކީ މިދިޔަ ދެ އަހަރު އިގްތިސާދީ ގޮތުން ދަތިވީ ހަމައެކަނި ދިވެހިރާއްޖެ ނޫން ކަމަށާއި މުޅި ދުނިޔެ އަށް ވެސް އިގްތިސާދީ ކާރިސާ އައިކަމަށް އިސްމާއިލް ވިދާލުވިއެވެ.

އިސްމާއިލް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގައި ފެނިގެން ދިޔައީ މުޅި ދުނިޔޭގެ ހުރިހާ ގައުމަކުން އެގައުމެއްގެ ކަންކަން އެގައުމަކަށް ފަރުނުޖެއްސިފައިވާ މަންޒަރު ކަމަށެވެ. އެހެންކަމުން އެހާލަތުގައި ބަޖެޓްގައި އަންދާޒާ ކުރާ ވަރަށް ހިލޭ އެހީ ނުލިބުމަކީ މިއަދު އިގްތިސާދު ހިނގަން ފެށުމުން އަންދާޒާ ކުރެވޭނެ ކަމަށް ލަފާކުރާ މިންވަރަށް ހިލޭ އެހީ ނުލިބޭނެ ކަމަށް ނިންމަން އޮތް ފުރުސަތެއް ނޫން ކަމަށެވެ.

އިސްމާއިލް ވިދާޅުވީ މީގެ ކުރިން ހިލޭއެހީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައިވާ ކަމަށެވެ. އެހެން ނަމަވެސް  ހިލޭ އެހީގެ ގޮތުގައި ލިބޭނެ އާމްދަނީގެ ގޮތުގައި މިއަހަރުގެ ބަޖެޓްގައި އޮތީ 2.5 ބިލިއަން ރުފިޔާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

މިއަދު ދުނިޔެއޮތީ 2.5 ބިލިއަން ރުފިޔާ ހިލޭ އެހީގައި ނުލިބޭ ފަދަ ހާލަތެއްގައި ނޫން ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި މިއަދު ދުނިޔޭގެ އިގްތިސާދު ރަނގަޅުވަމުންދާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ބަޖެޓް އޮންނަނީ ކޮންމެ ފަހަރަކު ވެސް ލިބޭ އާމްދަނީ އަކަށް ވުރެ ކުރާ ހޭދަ ބޮޑު ބަޖެޓެއްގެ ގޮތުގައި ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި އެކަމަކީ މިއަހަރު އެކަނި ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: