ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދޭތެރޭ ރައްޔިތުންގެ ތާއީދު އޮތީ ކޮން ފަރާތަކަށްތޯ ބެލުމަށް ޓްވިޓާރގައި ނެގި ވޯޓެއް ރައީސް ނަޝީދު ކަމިޔާބު ކުރައްވައިފިއެވެ.
ރައީސް ސާލިހާއި ރައީސް ނަޝީދު ދެމެދު ވޯޓެއް ނަގާފައިވަނީ ޓްވިޓާރގައި ސަރުކާރު އަދި ސަރުކާރުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުންނަށާއި ރައީސް ސާލިހަށް ގިނަ ފާޑުކިޔުންތައް އަމާޒުކުރަމުންދާ ”ހަސަން ކުރުސީ“ އެކައުންޓުންނެވެ. ސަރުކާރުގެ ފެކްޝަނަށް ނިސްބަތްވާ ފަރާތްތަކުން ތުހުމަތުކުރައްވާގޮތުން، މި އެކައުންޓު ބޭނުންކުރައްވަނީ ރައީސް ނަޝީދެެވެ.
ރައީސް ސާލިހާއި ރައީސް ނަޝީދު ދެމެދު ނެގުނު ވޯޓުގައި ޖުމުލަގޮތަކަށް ވޯޓު ދީފައިވަނީ 4914 މީހެކެވެ. މި ވޯޓުން ރައީސް ސާލިހަށް ލިބިފައިވަނީ 44 އިންސައްތަކަމަށްވާއިރު، ރައީސް ނަޝީދު ވޯޓު ކާމިޔާބު ކުރެއްވީ 56 އިންސައްތަ ވޯޓާއި އެކުއެވެ.
Poll results.
Pres @MohamedNasheed 56%
Pres @ibusolih 44%Congratulations 🎊🎉 to Pres @MohamedNasheed. The people have spoken. Thanks to everyone who voted.
Thanks to @ibusolih for a good fight too. https://t.co/B2ZMB6DjFr pic.twitter.com/tu5XotELBr
— Hassan Kurusee (@HKurusee) November 25, 2022
ހަސަން ކުރުސީ އެކައުންޓުންވަނީ މި ވޯޓުގެ ނަތީޖާ ޝާއިއު ކުރުމަށްފަހު ސަރުކާރަށް އިތުރު ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. ރައީސް ނަޝީދުކަމަށް ތުހުމަތު ކުރާ މި އެކައުންޓުންކޮށްފައިވާ ޕޯސްޓެއްގައި ރައީސް ސާލިހާއި އިގްތިދާސީ ވަޒީރު ފައްޔާޒު އިސްމާއިލް އަށް އެމްޑީޕީގެ ޕްރައިމަރީ ލަސް ކުރަން އުޅުމުގެ ތުހުމަތުކޮށްފައިވެއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ރައީސް ނަޝީދު ފަސޭހަކަމާއި އެކު ޕްރައިމަރީ ކާމިޔާބު ކުރައްވާނެކަން އެ ދެ ބޭފުޅުންނަށްވެސް އިންގިލެއްވުމެވެ.


2 Responses
ޥޯޓު ނަގަންވީ ޓުވިޓާ އެއްގައެއްނޫން، އާންމު ރައްޔިތުން ގާތައް އަންނަންވީ ތިޔަ ނަޝީދުއައް ދައްކާލާނަން ވޯޓުން ބަލިކުރާތަން، ޔަގީނުންވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބަކުންް ރ.ދުވާފަރުން އިރާދަކުރެއްވިއްޔާއި ބަލިކުރާނަން. ވަރަށް ސާފް….
ރައްޔިތުންގެ ހަގީގީ ނަތީއްޖާ ފެނިއްޖެ އިބޫއަށް ނޫނެކޭ ބުނެފި