ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަދު ބައެއްގެ އަމިއްލަ އެދުމަށް ކުރި މަސައްކަތް ވީ ނާކާމިޔާބު: އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަދު ބައެއްގެ އަމިއްލަ އެދުމަށް ގައުމު ބައިވެރިވާ ކަމެއް ނިންމަން ކުރި މަސައްކަތް ކާމިޔާބު ނުކުރެވުނު ކަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ވިދާޅުވެއްޖެއެވެ.

”ސަންގު“ ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން އިސްމާއިލް ވިދާޅުވީ  މިއަދު އެމްޑީޕީ ތެރޭގައި ދިމާވެގެން އުޅޭ މައްސަލަ އަކީ މަޝްވަރާ ނުކޮށްގެން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށެވެ.

އިސްމާއިލް ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓް ވެސް ރަނގަޅުވެ ދެންހުރި ކަންކަން ވެސް ރަނގަޅު ވެގެން ދާނީ ބަޖެޓްގައި ޕަބްލިކް ރިފަރެންޑަމް އަކަށް ދާން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ހިމެނުމުން ކަމަށެވެ.

“ އަސްލު އެއްޗަކީ މަދު ދެތިން ހައެއްކަ މީހެއްގެ އެދުންވެރިކަމަށް ނޫނީ އެމީހުންގެ އަމިއްލަ ބޭނުމަކަށްޓަކައި ބޮޑު ގައުމު ބައިވެރިވާ ކަމެއް ނިންމަން އެބޭފުޅުން ކުރައްވާ މަސައްކަތް ކާމިޔާބު ނުވުން.

އިސްމާއިލް ވިދާޅުވީ ރިޔާސީ އިންތިހާބު ކުރިމަތިވެފައި ވަނިކޮށް ރައްޔިތުންގެ އަތުން ނޫނީ ކުންފުނިތަކާއި ރިސޯޓްތަކުން ޓެކްސް ނަގަން ކެރުނު ހަމައެކަނި ރައީސް އަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކަމަށެވެ.

ގައުމުގެ ސަލާމަތާއި ގައުމުގެ އިގްތިސާދީ ދުވެލި ހިފަހައްޓައި ގައުމު ގެ ހާލަތު ރަނގަޅު ކުރުމަށް އެތަކެއް ޒަމާނުއް ސުރެ ގައުމަށް ނަގާފައި އޮތް ދަރަނިތައް އަދާކޮށް ގައުމު ޑީފޯލްޓަކަށް ދިޔަ ނުދިނުމަށް ރައީސް ވަނީ ޓެކްސް ބޮޑުކޮށްފައެވެ.

މިއަދު ކުރަންމިއުޅޭ ކަމާއި ކުރަންޖެހޭ ކަމަކީ ކޮބައިކަން ރައީސް ސާލިހަށް މިއަދު އެނގިލައްވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ރައީސް ސާލިހާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަރަށް ކެރި ހުރެ ވަޑައިގެން ރާއްޖެ ބަނގުރޫޓް ނުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިގްތިސާދީ ގޮތުން ދުނިޔެއަށް  އޮތް ހާލަތު ރާއްޖެ އަށް ވެސް އަންނަ  ކަމަށް އިސްމާއިލް ވިދާޅުވިއެވެ. ވުމާއެކު އެހާލަތުން އަރައިގަތުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން ދަނީ އަޅަމުން ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ސަރުކާރުން އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅު ތަކާއެކު ރާއްޖޭގެ އިގްތިސާދު ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި އަމާން ބަނދަރަކަށް ފޯރާ މަންޒަރު ރައްޔިތުންނަށް ފެނިގެން ދާނެ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިނުވާ ކަމަށެވެ.

މުހިއްމު މަޝްވަރާތަކާއި ކަންކަމުގައި އަޅާނެ ފިޔަވަޅާއި ނުވަތަ ބިލަކާއި މެދު ހަދާނެ ގޮތެއް ނިންމަނީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި ބިލާއި މެދު މެމްބަރުންގެ ހިޔާލެއް އޮތްނަމަ އެހިޔާލު ހުށައަޅައި  އެކަމަށް ތާއީދުކޮށް އެ ފާސްކުރަސީ ވެސް ޕީޖީ ބައްދަލުވުމުން ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްލާއިލް ވިދާޅުވީ މަޝްވަރާ ކުރެވޭނީ މަޝްވަރާކުރަން އަންނަން ގަޓު ހުރެގެން ކަމަށެވެ.

އިސްމާއިލް ވިދާޅުވީ އެމްޑީޕީ އިން ވެރިކަމަށް އައިއިރު ކޮވިޑް ގެ ބަލިމަޑުކަމުގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅައިގެން ނޫން ކަމަށެވެ. އިސްމާއިލް ވިދާޅުވީ ކޮވިޑް އަންނާނެ ކަމަށް އެއްވެސް މީހަކު ތިބީ އުއްމީދުކޮށްގެން ނޫން ކަމަށެވެ.

އެމްޑީޕީގެ ސިޔާސަތުތައް އައިސް ބައްދަލު ކުރަންޖެހުނީ ކޮވިޑްގެ ތެރޭގައި ދިވާމވި އިގްތިސާދީ ތަދުމަޑުކަމާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އެއަށް ފަހު ރަޝިޔާ އަދި ޔޫކްރެއިންގެ ހަނގުރާމަ އާ ކުރިމަތިލާން ޖެހުނު ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ކޮވިޑްގެ ތެރެއިން ވެސް ރައީސް ސާލިހު ވަނީ ތަރައްގީ ގެންނަވާފައިކަމަށެވެ.

ރައީސް ސާލިހު ގެންނެވީ ހަމައެކަނި ކޮންކްރީޓް ތަރައްގީ އެއް ނޫން ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ އެމްޑީޕީ އިން ވަނީ ސިޔާސަތުތައް ރައީސް ސާލިހު ވަނީ ތަންފީޒް ކޮށްފައި ކަމަށެވެ. އެގޮތުން މަތީ ތައުލީމަށް ހިލޭ ޑިގްރީ ފޯރުކޯށްދީފައިވާ ކަމަށާއި އެކަމަކީ އާއިލާ އަށް ހެޔޮގޮތް ވުމަށް އެމްޑީޕީ އިން އެދޭތީ ކަނޑައެޅި ކަމެއް ކަމަށެވެ.

މިނިމަމް ވޭޖަކީ ކޮންކްރީޓް ތަރައްގީ އެއް ނޫން ކަމަށް އިސްމާއިލް ވިދާޅުވިއެވެ. މިނިމަމް ވޭޖަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި މިނިމަމް ވޭޖެއް ކަނޑައެޅިގެން ދިއުމަކީ  އާއިލާގެ ދިރިއުޅުން އާރާސްތު ކުރުމަށް ކޮންމެހެން ކުރަން މުހިއްމު ކަމެއްގެ ގޮތުގައި އިސްމާއިލް ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: