ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮބޮޓިކް ލެބަކާއިއެކު ހުޅުމާލޭގައި ސުކޫލެއް އެޅުމަށް ވިލާއާއި ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވިލާ އެޑިއުކޭޝަނަލް ސާރވިސެސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގެ ފޭސް 1 ގައި ސުކޫލެއް އެޅުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ވިލާ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ އަހުމަދު އަންވަރެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ.

އެޗްޑީސީ އިން މައުލޫމާތުދެއްވާފައިވާ ގޮތުގައި ވިލާ އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލެގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި ސުކޫލު ހުންނާނީ ހުޅުމާލެ ފޭސް 1 ގައެވެ. މި ސުކޫލުގައި 6 ފުލޯ ހުންނައިރު، މި ސުކޫލަކީ ޖުމްލަ 761 ދަރިވަރުންގެ ޖާގައިގެ ސުކޫލެއްކަމަށް ކުންފުނިން ވަނީ ބުނެފައެވެ. ސުކޫލުގައި 20 ކްލާސްރޫމް ހުންނާނެކަމަށް ބުނެފައިވާއިރު، ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް 1-12 ގެ ދަރިވަރުންނަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ކިޔަވައިދެވޭނެ އިންތިޒާމް މި ސުކޫލުގައި ހަމަޖެހިފައި ހުންނާނެކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. މީގެއިތުރުން، ރޮބޮޓިކް ލެބްވެސް ގާއިމްކުރެވިފައި ހުންނާނެކަމަށް ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ވިލާ އެޑިއުކޭޝަންގެ ފަރާތުން ގާއިމްކުރާ މި ސުކޫލު ހުޅުމާލެގައި ގާއިމްކުރެވުމުން ވަޒީފާގެ ގިނަ ފުރުސަތުތަކެއްވެސް އާންމުންނަށް ލިބިގެންދާނެކަމަށް ފާހަގަކޮށް އެޗްޑީސީ އިން ބުނެފައިވަނީ، އެގޮތުން އެޑްމިނިސްޓްރޭޓިވް ދާއިރާއިންނާއި އެކެޑެމިކް ދާއިރާއިން 100 ވަރަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުނަ އެޗްޑީސީން ވަނީ ހުޅުމާލެގައި ފެންވަރު ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތް ފާހަގަކޮށްފައެވެ. އެގޮތުން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުން މިކަމަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށްފައިވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: