ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމަށް ފަސް ބޭފުޅުން ކުރިމަތިލައްވައިފި

ދިވެހިރާއްޖޭގެ ހައިކޯޓު --- ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގައި ފަނޑިޔާރު ކަމަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ޖޭއެސްސީ އިން ވަނީ އިއުލާން ކޮށްފައެވެ.

އޭގެ ތެރޭގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ޒީނަތު އަލީ / ދަފްތަރު. ނަންބަރު 2616 މާލެ އާއި މުހައްމަދު ޝަނީޒް އަބްދުﷲ / ހަނދުވަރީނާޒް، ގދ.ގައްދޫ އާއި މަރްޔަމް ވަހީދު / ބެލޫން، ސ.ފޭދޫ އަދި ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ.މާޅޮސްގެ އިތުރުން ފައްޔާޟު ޝާތިރު / ހަސަންކާރިގެ، ސ.މީދޫ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް އިއުލާން ކުރީ އެ ކޯޓުގެ އިސް ފަނޑިޔާރުކަމުގައި ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: