ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮނިކޮން ޓެގް މައްސަލާގައި 56 މިލިއަންގެ ބަދަލުގެ މައްސަލަ ހައި ކޯޓަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުށްވެރިންގެ ފައިގައި އަޅުވާ މޮނިކޮން ޓެގް ފޯރުކޮށްދޭން އަމިއްލަ ކުންފުންޏަކާ އެކު ސަރުކާރުން ހެދި އެއްބަސްވުމުގެ މައްސަލާގައި 56 މިލިއަންގެ ރުފިޔާގެ ބަދަލެއް ހޯދަން ކުރި ދައުވާ ނާކާމިޔާބުވި މައްސަލަ އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ކުރީގެ ސަރުކާރުގައި ކުށްވެރިން ފައިގައި ހަރުކުރާ ޓެގް ސަޕްލައިކުރުމަށް ސްޓަލްވާޓް ކުންފުންޏާ އެކު ހެދި އެއްބަސްވުމާއި ހިލާފްވެ އަދި އެ ކުންފުންޏަށް މަސައްކަތް ހަވާލުކުރުން ސަރުކާރުން ހުއްޓާލި ކަމަށް ބުނެ 56 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން ކުރި ދައުވާ ސިވިލް ކޯޓުން ވަނީ ނާކާމިޔާބުވެފަ އެވެ.

އެ މައްސަލަ އެ ކުންފުނިން ހައި ކޯޓުގައި މިދިޔަ ހަފުތާގައި އިސްތިއުނާފް ކޮށްފައި ވީނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ގޮތެއް އަދި ނުނިންމައެވެ.

ސްޓަލްވާޓް ކުންފުނިން ކޯޓުގައި ބުނެފައިވާ ގޮތުގައި އެއްބަސްވުން އުވާލަން ބޭނުންވާނަމަ އެ ކުންފުންޏަށް ދޭންޖެހޭ ބަދަލެއް ދިނުމަށްފަހު އެއްބަސްވުން ބާތިލްކުރުމަށް އެ ކުންފުނިން އެދިފައި ވިޔަސް، ސަރުކާރުން 2020 ވަނަ އަހަރު އެއްބަސްވުން އުވާލީ ބަދަލުނުދީ ކަމަށެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ދެ ފަރާތުން އެއްބަސްވެގެން ކަމަށްވާތީ އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެއެވެ. ނަމަވެސް ސްޓަލްވާޓުން ބުނެފައިވަނީ ބަދަލު ދޭން ނުޖެހޭ ގޮތަށް އެއްބަސްވުން އުވާލަން އެއްވެސް އިރަކު އެ ކުންފުނިން އެއްބަސްވެފައި ނޯންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: