ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޭމް ހިންގުމާއި ޓެރަރިޒަމް އާއި ގުޅޭ އޮޕަރޭޝަނެއް މާފުށި ޖަލުގައި ފަށައިފި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު— ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކ މާފުށި ޖަލަށް މަނާ ތަކެތި ވައްދައިގެން ސްކޭމް ހިންގުމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުންނާއި އެމްއެންޑީއެފްގެ އިތުރުން ކަރެކްޝަންސް ސާވިސަސް ގުޅިގެން ހިންގާ އެ އޮޕަރޭޝަން ފަށާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނިގޮތުގައި ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތަކާއި ގުޅިގެން މާފުށި ޖަލު ބަލައި ފާސްކުރަނީ ކަރެކްޝަން ސަރވިސް އިން އެދިފައިވާތީއެވެ.

 

ޖަލަށް މަނާތަކެތި އެތެރެކޮށްގެން ސްކޭމް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ފަށާފައިވާއިރު މިއަހަރުގެ މިހާތަނަށް 998 ސްކޭމް ކޯލްގެ މައްސަލަ ފުލުހަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

މީގެ އިތުރުން އޮޅުވާލައިގެން ފައިސާ އެހެން މީހުންގެ އެކައުންޓްތަކަށް ޖަމާކުރާ ކަމުގެ މައްސަލަތައް ވެސް ވަނީ މިފަހުން ފުލުހުންނަށް ރިޕޯޓް ކުރެވިފައެވެ. އެގޮތުން އޮޅުވާލައިގެން 23 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ސްކޭމް ކޯލްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ ކޯލް ކުރާ ފަރާތުގެ މައުލޫމާތު ހޯދުމަށެވެ. އެގޮތުން ގިނަ ފަހަރު ވެރިފަރާތުގެ މައުލޫމާތު ފުރިހަމަ ނުކޮށް ހުރުމާއި އެކަކުގެ ނަންމަތީގައި ގިނަ އަދަދަކަށް ސިކް ނަގާފައި ހުރުމުގެ ސަބަބުން ސްކޭމް ކޯލްތައް ހުއްޓުވުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލެ އާއި މާފުއްޓާއި ގުރައިދޫގެ އިތުރުން އައްޑޫ ސިޓީގައި ފުލުހުން ވަނީ ޓެރަރިޒަމް އާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.

އެ އޮޕަރޭޝަނުގައި، އައްޑޫން 10 މީހަކު ހައްޔަރުކޮށް 11 ގެއެއް ބަލާ ފާސް ކުރި އެވެ. އަދި މާލެއިން 02 މީހަކު ހައްޔަރުކޮށް ގުޅުން ހުރި 04 ގެއެއް ބަލާ ފާސް ކުުރުމާއި އެކު ގުރައިދޫން ވެސް މައްސަލައިގައި 02 މީހަކު ހައްޔަރު ކޮށްފައިވެއެވެ.

އެ މީހުންނަކީ މީގެ ކުރިން ވެސް މިފަދަ ޓެރަރިޒަމްގެ އަމަލުތަކާއި ގުޅުން ހުރި ކުށްތަކުގައި ހައްޔަރު ކުރި މީހުންކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މީހުންނާއި ގުޅުން ހުރި ގެތައް ބަލާ ފާސް ކުރިއިރު ފެނުނު ތަކެތީގެ ތަހުލީލު މަސައްކަތް ކުރިޔަށް ދާއިރު މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެ މީހުން މަސައްކަތް ކުރީ ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ގިނަ ބައެއްގެ ފުރާނައަށް ގެއްލުންވާނެ ފަދަ ނިރުބަވެރި ހަމަލާއެއް ދިނުމަށްކަމުގައި ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނި ގޮތުގައި އައްޑޫއިން ހައްޔަރު ކުރި މީހުންގެ ގެތަކުންނާއި އެމީހުން ބޭނުން ކުރަމުން ދާ ބައެއް ވެހިކަލްތަކާއި ޑިންގީއެއް ބަލައިފާސްކޮށް މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަތަކެތި އަތުލައިގަނެވިފައިވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުތި މީހެއް ދިރިއުޅޭ ގެއެއް ބަލައިފާސްކޮށް ނެގި އެކްސްޕްލޯސިވް ކެމިކަލް ކަމަށް ޝައްކުކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ގެ ފަރާތުން ޗެކްކުރުމުން އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯސިވްގެ މާއްދާތައް ހިމެނޭ ކަމަށް ދައްކާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިގޮތުން ސާމްޕަލްތަކުން ފެނުނު އެކްސްޕްލޯސިވްގެ ބާވަތްތަކަކީ މައިގަނޑު ގޮތެއްގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ހައި އެކްސްޕްލޯސިވްގެ ވައްތަރެއްކަމާއި، މަދު މިންވަރަކުން އިންސާނުންގެ ފުރާނައާއި މުދަލަށްބޮޑެތި ގެއްލުން ދެވިދާނެކަމަށް އެމްއެންޑީއެފް އީއޯޑީގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނިގޮތުގައި މި އެކްސްޕްލޯސިވްގެ މާއްދާތައް ހިމެނޭކަމަށް ދެއްކި ސާމްޕަލްތައް ރާއްޖެއާއި ރާއްޖެއިން ބޭރުން އިތުރަށް ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުންދާ ދާކަމަށެވެ

ސްކޭމް އޮޕަރޭޝަން އާއި ގުޅިގެން ކަރެކްޝަން އިން ބުނެފައިވަނީ އެ އިދާރާއިން ފުލުހުންނާއި އެކު މާފުށި ޖަލު ބަލާ ފާސްކުރުމުގެ މަސއްކަތް ކުރަމުންދާ ކަމަށެވެ.

ސްކޭމް އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: