ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިއްޔާ ހުރި ފައިސާއެއް ހޯދާ މިންވަރަށް ސަރުކާރު އޮތީ ޑެސްޕަރޭޓް ވެފަ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން މާލީ ކަންކަން މެނޭޖުކުރަމުންދާގޮތަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފާޑު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ބޭންކުތަކުންވެސް ސަރުކާރަށް އިތުބާރު ނުކުރާކަމަށެވެ. އަދި ރާއްޖޭގައި ވިޔަފާރިކުރާހާ ބައެއް ކައިރިއަށް ޓީބިލު ވިއްކުމަށްވެސް ސަރުކާރުން ދާކަމަށް ޝިޔާމް ވިދާޅުވިއެވެ. އާންމު ފަރާތްތަކުގެ އަތުގައި ލާރި ހުރިކަމުގައިވާނަމަ އެ ފައިސާ ހޯދަން ދާހާވެސް “ސަރުކާރު އޮތީ ޑެސްޕަރޭޓް” ވެފައިކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ދިން އެހީއެއްކަމަށްބުނާ 100 މިލިއަން ޑޮލަރުގެ ވާހަކައަށް އަލިއަޅުއްވައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އިންޑިއާއިން ދިނީ ދިގު މުއްދަތަށް ލޯނެއްނޫންކަމަށެވެ. އަދި މިއީ 3 މަސް ދުވަހުން ދައްކަން ޖެހޭ ލޯނެއްކަމަށާއި، އިންޓަރެސްޓް ރޭޓު ހުރީ 8 އިންސައްތައިގައިކަމަށް ޝިޔާމް ވިދާޅުވިއެވެ. ވޯލްޑް ބޭންކްއާއި އައިއެމްއެފްފަދަ ބޭންކުތަކުން ރާއްޖެއަށް ލޯނު ނުދޭނެކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ އެކަމުގެ ސަބަބަކީ އެ ބޭންކުތަކުންދީފައިވާ ރިކޮމޮންޑޭޝަންތަކަށް ސަރުކާރުން ސަމާލުކަން ނުދިނުންކަމަށެވެ. ނަމަވެސް އެސްބީއައި އިން އޮތީ ސަރުކާރު ނަގަހައްޓަން ކުރަންޖެހޭ ކޮންމެކަމެއްވެސް ކުރަން ތައްޔާރަށްކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، އެސްބީއައި އިންވެސް ލޯނު ދިން ނަމަވެސް އެކަމުގެ ނާޖާއިޒު ފައިދާ ނަގާކަމަށެވެ.

“އެހެންނެއްނޫން އެސްބީއައި އެއޮތީ މި ސަރުކާރު ދަމަހައްޓަން ނަގަހައްޓަން ކޮންމެ ކަމެއްވެސް ކޮށްދޭ ގޮތަށް، އެއީ އެމީހުން މިވަރު އެއްޗެއް ދީފިއްޔާ އެމީހުން ދަމާލާ މިންވަރު ފެނޭ”

ސަރުކާރުން އުޅެނީ ރޭޓިން އޭޖެންސީތަކަށް ފިލައިގެންކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އޭޖެންސީތަކުން ރޭޓުކުރި ނަމަވެސް އެ އަދަދުތައް ސަރުކާރުން ޕްރޮމޯޓްނުކުރާކަމަށާއި، އެއީ މައިނަސްގައި އޮތުމުންކަމަށެވެ.

މި ސަރުކާރުން ގައުމުގެ އިގްތިސާދާއި ހަވާލުވީއިރު، ދިވެހިރާއްޖޭގެ އިގްތިސާދު އޮންނާނީ “މެކުހަށް” ޖަހާފައިކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ފަންޑުތަކުގައި ފައިސާ ހުރިކަމަށާއި، ބޭރު ފައިސާގެ ރިޒާވްވެސް ހުރީ ބިލިއަނަކާއި ގާތްކުރާ އަދަދެއްގައިކަމަށެވެ. އަދި ސޮވަރިން ޑިވެލޮޕްމެންޓް ފަންޑުގައިވެސް 150 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުންނާނެކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މިޙާރު މި ފަންޑުތައްވެސް ހުސްކޮށްފިކަމަށެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރީގައި އެއްގައުމަކުން ލޯނު ނުނަގާނެ ވާހަކައާއި އެއް ގައުމަކަށް ބަރޯސާ ނުވާނެ ވާހަކަދެއްކިކަމަށާއި، އެހެން ނަމަވެސް ނަގާހާ ލޯނެއް ނަގަނީ އިންޑިއާއިންކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ. އަދި ފާހަގަކުރެއްވީ އިންޑިއާއާއިއެކު ހިންގި މަޝްރޫއަކުން ނިކުތް ނަތީޖާއެއް ނެތްކަމަށެވެ. އެގޮތުން ޝިޔާމް ވަނީ މި ސަރުކާރުން އިންޑިއާއި ގުޅިގެން އަޅަން ނިންމާފައިވާ ތިލަމާލެ ބުރިޖަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.

“ދެ ދުވަހުން އެއް ދުވަހު އަޅުގަނޑުމެން ނޫސް ބަލާލާއިރަށް މި އޮންނަނީ އޭގެ ތަނބެއް ވެއްޓިގެން، ނޫނީ ބުރިޖު އެޅުމަށްޓަކައި ގެންގުޅޭ ޕްލެޓުފޯމް ގޮނޑުދޮށަށް ލައްގައިގެން ނޫނީ ފަރު މައްޗަށް ލައްގައިގެން ފަރު ހަލާކުވެގެން އުޅޭ ވާހަކަ، 700 މިލިއަން ޑޮލަރު ނަގާފަ އެ ފައިސާއިން ހަރަދުކޮށްގެން އެ ހަދާ އެއްޗެއް ފެނުން މައްޗަކަށް ނާރާ”

ޝިޔާމް ވިދާޅުވީ ބުރިޖު އެޅުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ އެކަމުގެ ޓެކްނިކަލް ކަންކަން އެގޭ ބައެއްހެން އޭނާއަށް ހީނުވާކަމަށެވެ. ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޗައިނާއާއި ގާތް ގުޅުމެއް ބޭއްވި ނަމަވެސް އެކުގައި ކުރި މަސައްކަތް ފެންނަ އެބްއޮތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: